އެއަށްފަހު ވަޑައިގެންނެވީ ޤުރުޢާނުގައި މިވާ އާޔަތުގައި އިޝާރާތްކުރައްވާފައިވާ ނަބިއްޔެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿أَلَمْ تَرَ إِلَى الْمَلَإِ مِن بَنِي إِسْرَائِيلَ مِن بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِي سَبِيلِ اللَّـهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّـهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِّنْهُمْ ۗ وَاللَّـهُ عَلِيمٌ بِالظَّالِمِينَ [٢٤٦] وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّـهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ ۚ قَالَ إِنَّ اللَّـهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّـهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ [٢٤٧] وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ [٢٤٨]﴾ [سورة البقرة 246 – 248]
މާނަ: “އިސްރާއީލުގެ ދަރިންގެ ތެރެއިން، މޫސާގެފާނުގެ ފަހުން އުޅުނު ޖަމާޢަތެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭ ހެއްޔެވެ. އެއީ، އެއުރެންގެ ނަބިއްޔަކަށް އެއުރެން ދެންނެވި ހިނދުގައެވެ. ﷲ ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ފަރުޟުކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫން ހެއްޔެވެ؟ އެއުރެން ދެންނެވިއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ ޙާލު، ﷲ ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ ދެން، އެއުރެންގެ މައްޗަށް ހަނގުރާމަ ފަރުޟުކުރެއްވިހިނދު، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [246] އަދި އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި ޠާލޫތު ފޮނުއްވައިފިއެވެ. އެއުރެން ދެންނެވިއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން ޙައްޤުކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އަދި އޭނާއަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ، އޭނާ ޚިޔާރުކުރެއްވިއެވެ. އަދި އޭނާއަށް ޢިލްމާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. ﷲ އިރާދަކުރައްވާ މީހަކަށް، އެއިލާހުގެ ވެރިކަން ދެއްވައެވެ. އަދި ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [247] އަދި އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް ތާބޫތު އައުމެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި، އަމާންކަމަކާ އަދި މޫސާގެފާނުގެ އާލުވެރިންނާއި ހާރޫނުގެފާނުގެ އާލުވެރިން ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ ތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެ ތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެއެވެ. ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވާނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ. [248]”
ތަފްސީރުގެ ޢިލްމުވެރިންގެ މެދުގައި މިނަބިއްޔާގެ ނަންފުޅާމެދު ޚިލާފުވެފައިވެއެވެ. ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞަކުންވެސް އެކަލޭގެފާނުގެ ނަންފުޅު ޒިކުރުކޮށްފައިވާކަން އެނގިފައެއް ނެތެވެ.
- އެނަބިއްޔާއާ އެއްދުވަސްވަރެއްގައި އުޅުއްވީ ދާވޫދު عليه السلام އެވެ. އެވާހަކައިން އެކަން އެނގެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ فَهَزَمُوهُم بِإِذْنِ اللَّـهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّـهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ﴾ [سورة البقرة 251]
މާނަ: “ފަހެ، އެއުރެން ﷲ ގެ އިޛުނަފުޅާއެކު ކާފިރުންގެ ލަޝްކަރު ބަލިކޮށްފިއެވެ. އަދި ދާވޫދުގެފާނު ޖާލޫތު ޤަތުލު ކުރެއްވިއެވެ. އަދި ﷲ، އެކަލޭގެފާނަށް ރަސްކަމާއި، ޙިކުމަތް ދެއްވިއެވެ. އަދި އެއިލާހު އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެއިލާހު އުނގަންނައި ދެއްވިއެވެ.”
=ނުނިމޭ=
____________________________