[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 12

  • ދާވޫދު عليه السلام އަށް ފަހު ނަބީކަން ވާރުތަވެވަޑައިގެންނެވީ އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާން عليه السلام އަށެވެ.

 

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّـهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ [١٥] وَوَرِثَ سُلَيْمَانُ دَاوُودَ ۖ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ ۖ إِنَّ هَـٰذَا لَهُوَ الْفَضْلُ الْمُبِينُ [١٦]﴾ [سورة النمل 15 – 16]

މާނަ: “ހަމަކަށަވަރުން ތިމަންއިލާހު ދާވޫދުގެފާނާއި ސުލައިމާނުގެފާނަށް ޢިލްމުވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. ޙަމްދު ހުރީ ﷲ އަށެވެ. އެއިލާހީ އެއިލާހަށް އީމާންވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި އިލާހެވެ. [15] އަދި ދާވޫދުގެފާނުގެ ކިބައިން ވާރުތަވީ ސުލައިމާނުގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާ ކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން މިކަންތަކަކީ ފާޅުވެ އެނގިގެންވާ ފަޟްލުވަންތަ ކަމެއްކަން ކަށަވަރެވެ. [16]”

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“﴿وَوَرِثَ سُلَيْمَانُ دَاوُودَ﴾ [މާނަ: “އަދި ދާވޫދުގެފާނުގެ ކިބައިން ވާރުތަވީ ސުލައިމާނުގެފާނަށެވެ.”]

ﷲ ތަޢާލާގެ މިބަސްފުޅުގެ މުރާދަކީ ވެރިކަމާއި ނަބީކަމެވެ. މުދާ ވާރުތަވުމެއް ނޫނެވެ. އެއީ މުދާކަމުގައިވީނަމަ ދާވޫދުގެފާނުގެ އެހެން ދަރީންގެ މައްޗަށް ސުލައިމާނުގެފާނު އެކަނި ޚާއްޞަ ނުވީހެވެ. އެހެނީ ދާވޫދުގެފާނުގެ ސަތޭކަ އަނބިންވެއެވެ. އެހެންނަމަވެސް މިބަސްފުޅުގެ މުރާދަކީ ވެރިކަމާއި ނަބީކަމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ފަދައިން ނަބީންނަކީ މުދާ ވާރުތަކުރާ ބައެއް ނޫނެވެ. އެކަލޭގެފާނު ޙަދީޘްކުރައްވެއެވެ.

«لاَ نُورَثُ، مَا تَرَكْنَا صَدَقَةٌ» [رواه البخاري (3093)]

މާނަ: ” ތިމަންބޭކަލުން (އެބަހީ: ނަބީބޭކަލުން ދޫކޮށްފައިދާ މުދާ) ވާރުތައެއް ނުވާނެއެވެ.  ތިމަންބޭކަލުން ދޫކޮށްފައިދާ އެއްޗަކީ ޞަދަގާތެވެ.” “

[تفسير ابن كثير (6 / 182)]

=ނުނިމޭ=

____________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް