[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 14

  • ޢީސާގެފާނަށްފަހު އަހަރެމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم :

 

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«أَنَا أَوْلَى النَّاسِ بِابْنِ مَرْيَمَ، وَالأَنْبِيَاءُ أَوْلاَدُ عَلَّاتٍ، لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ» [رواه البخاري (3442) ومسلم (2365)]

މާނަ: “މީސްތަކުންކުރެ މަރިޔަމްގެފާނުގެ ދަރިކަލުންނަށް (އެބަހީ: ޢީސާގެފާނަށް) އެންމެ އައުލާކަން ބޮޑީ ތިމަންކަލޭގެފާނެވެ. ނަބިއްޔުންނަކީ އެއްބަފާ ވަކި މައިންގެ ކިބައިން އައިސްފައިވާ އަޚުންނެވެ. ތިމަންކަލޭގެފާނާ އެކަލޭގެފާނާ (އެބަހީ: ޢީސާގެފާނާ) ދެމެދު ނަބިއްޔެއް ނުވެއެވެ.”

ނަބީކަން ޚަތިމްކުރެއްވީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا﴾ [سورة الأحزاب 40]

މާނަ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވީ އެކަލޭގެފާނެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

=ނުނިމޭ=

____________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް