[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 36

  • ގެރި ކަތިލުން

 

މޫސާގެފާނު ﷲ ތަޢާލާއަށް ދުޢާ ދެންނެވިއެވެ. ﷲ ތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވީ ގެރިއެއް ކަތިލުމަށް ބަނޫ އިސްރާއީލުގެ މީހުންނަށް އަމުރުކުރެއްވުމަށެވެ. ދެން އެމީހުން ސުވާލު ގިނަކޮށް ފުރައްސާރަކުރަން ފެށިއެވެ.

(وَإِذْ قَالَ مُوسَىٰ لِقَوْمِهِ إِنَّ اللَّـهَ يَأْمُرُكُمْ أَن تَذْبَحُوا بَقَرَةً) [1]

މާނަ: “އަދި މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު، (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ.”

(قَالُوا أَتَتَّخِذُنَا هُزُوًا)

މާނަ: “އެއުރެން ދެންނެވިއެވެ. ފުރައްސާރަކުރެވޭ ބަޔަކުކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟”

(قَالَ أَعُوذُ بِاللَّـهِ أَنْ أَكُونَ مِنَ الْجَاهِلِينَ)

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. (އެފަދަ ކަންތައްކުރާ) ޖާހިލުންގެ ތެރެއިން، (ވެވަޑައިނުގަތުން އެދި) ތިމަންކަލޭގެފާނު ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ.”

އެ މީހުންނަށް ގެރިއެއް ކަތިލަން ﷲ ތަޢާލާ އަމުރުކުރެއްވުމުން، އެކަމާ ގުޅިގެން މޫސާގެފާނަށް ސުވާލުކުރުން ގިނަކުރިއެވެ.

(قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ)[2]

މާނަ: “އެއުރެން ދެންނެވިއެވެ. އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް ދަންނަވައިދެއްވާށެވެ!”

(قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌ بَيْنَ ذَٰلِكَ ۖ فَافْعَلُوا مَا تُؤْمَرُونَ)

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެއިލާހު ވަޙީކުރައްވައި އަންގަވައެވެ. ހަމަކަށަވަރުން އެއީ ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް އަމުރުކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ!”

އެމީހުން ސުވާލުކުރުން ހުއްޓައެއް ނުލިއެވެ. ދެން އެމީހުން ސުވާލުކުރީ ގެރީގެ ކުލައާ ބެހޭގޮތުންނެވެ.

(قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا)[3]

މާނަ: “އެއުރެން ދެންނެވިއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް ދަންނަވައިދެއްވާށެވެ!”

(قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَّوْنُهَا تَسُرُّ النَّاظِرِينَ)

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެއިލާހު ވަޙީކުރައްވައި އަންގަވައެވެ. އެއީ ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ.”

ދެން އެމީހުން އަނެއްކާވެސް ސުވާލެއް އުފެއްދިއެވެ.

(قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ إِنَّ الْبَقَرَ تَشَابَهَ عَلَيْنَا وَإِنَّا إِن شَاءَ اللَّـهُ لَمُهْتَدُونَ)[4]

މާނަ: “އެއުރެން ދެންނެވިއެވެ. އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް ދަންނަވައިދެއްވާށެވެ! (އެހެނީ) ހަމަކަށަވަރުން (ތިޔަ ސިފަކުރައްވާ) ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ. ﷲ އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ (އެކަމަށް) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ.”

(قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ الْأَرْضَ وَلَا تَسْقِي الْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا)[5]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެއިލާހު ވަޙީކުރައްވައި އަންގަވައެވެ. ހަމަކަށަވަރުން އެއީ ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. (ޢައިބުތަކުން) ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ.”

އެ ގެރީގެ ކުލަ އާއި އޭގެ ސިފަތައް އެނގުމުން، ސުވާލުތައް ކުރުން ހުއްޓާލިއެވެ.

އެ މީހުންގެ ސުވާލުތަކުގެ ސަބަބުން، ގެރި ހޯދުމަށް އެމީހުންނަށް އުނދަގޫވެގެންދިޔައެވެ. އެންމެ ފުރަތަމަ ކޮންމެ ގެރިއެއް ކަތިލިނަމަވެސް އެމީހުންގެ ކިބައިން އެކަން ޤަބޫލުވެއްޖައީހެވެ. އެހެން ނަމަވެސް އެ ކަމުގައި ހަރުކަށިވުމުގެ ސަބަބުން އެމީހުންގެ މައްޗަށް އެކަން އުނދަގޫވެގެންދިޔައެވެ.

އެއީ ޢައިބުތަކުން ސަލާމަތްވެގެންވާ، އޭގައި އެއްވެސް ލަފެއް ނެތް، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. އަދި ދަނޑުބިމުގެ ފަސްގަނޑުޖަހާ އަދި ދަނޑަށް ފެންދޭ ގެރިއެއް ވެސް ނޫނެވެ. މި ސިފަތައް ހުރި ގެރި ހޯދުމުގެ މަސައްކަތް އެމީހުން ފައްޓައިފިއެވެ.

މި ފަދަ ނާދިރު ސިފަތަކެއް ލިބިފައިވާ ގެރިއެއް ހޯދާނީ ކިހިނެއް ހެއްޔެވެ. އެއްގޮތަކީ އެއީ މުސްކުޅި ގެރިއަކަށް ވުން ނޫނީ ޅަގެރިއަކަށް ވުމެވެ.

އަނެއްގޮތަކީ އެ ދެމެދުގެ ގެރިއެކެވެ. ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. އެކަމަކު އެއީ ދަނޑުބިމުގައި ފަސްގަނޑު ޖަހާ ނިކަމެތި ގެރިއެކެވެ.

އަނެއްގޮތަކީ އެ ދެމެދުގެ ގެރިއެކެވެ. ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. އަދި ދަނޑުބިމުގެ ފަސްގަނޑުޖަހާ ގެރިއެއް ނޫނެވެ. އެކަމަކު ދަނޑަށް ފެންދޭ ގެރިއެކެވެ.

އަނެއްކާވެސް ހޯދަން ފެށިއެވެ. ދެން އަނެއްކާވެސް ހޯދަން ފެށިއެވެ. ގެރިއާއި ބެހޭ ގޮތުން ކުރަން ނުޖެހޭ ސުވާލުތައް ކުރުމުގެ ހިތި ނަތީޖާ އަކީ ކޮބައި ހެއްޔެވެ. އެ ގެރީގެ ކުލައަކީ ކޮބައި ހެއްޔެވެ. ދެންވެސް އޭގެ ސިފަތަކަކީ ކޮބައި ހެއްޔެވެ. އެކަމުގެ ސަބަބުން އެމީހުން ވަރުބަލިވިއެވެ.

(فَذَبَحُوهَا وَمَا كَادُوا يَفْعَلُونَ)[6]

މާނަ: “ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ. އެއުރެންތިބީ، އެކަން ކުރާހިތަކުން ނޫނެވެ.”

އެ ގެރީގެ ބަޔަކުން މަރާލެވުނު މީހާގެ ގައިގައި ޖެއްސެވުމަށް ﷲ އެމީހުންނަށް އަމުރުކުރެއްވިއެވެ. ދެން އެމީހުން އެފަދައިން ކަންތައް ކުރުމުން އެ މީހާ ދިރިއްޖެއެވެ. އަދި އޭނާ މާރާލި މީހާގެ ނަން ބުންޏެވެ.  މިފަދައިން ކަންތައްތައް ވެގެން ދިޔައެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]  البقرة        67

[2] البقرة         68

[3]      69    البقرة

[4]       70   البقرة

[5]       71    البقرة

[6]        71   البقرة