[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޖުވީދުގެ ފުރަމަތަ މަރުޙަލާ (ބަސްމަލާ)

ބަސްމަލާގެ މާނަ

 

* ޢަރަބި ބަހުގައި البَسْمَلَة ގެ މާނައަކީ: ﷲ ގެ އިސްމުފުޅުން ފެށުމެވެ.

މި ލިޔުމުގައި البَسْمَلَة ގެ މުރާދަކީ ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން بِاسْمِ اللهِ الرَّحْمٰنِ الرَّحِيْم މިފަދައިން ކިޔުމެވެ. [1]

މާނައަކީ: ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.

* – ސޫރަތެއްގެ މެދުތެރޭގައި ބިސްމި ވާރިދުވެފައިވަނީ ނަމްލު ސޫރަތުގައެވެ.  [2]

އެއީ ނަމްލު ސޫރަތުގެ އަންނަނިވި އާޔަތެވެ.

﴿إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ﴾ [سورة النمل ٣٠]

މާނައީ: “އެއީ ހަމަކަށަވަރުން ސުލައިމާނުގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން އޭގައި އަންގަވާފައިވަނީ باسـم اللَّه الرّحمـن الرّحيـم އެވެ. (އެބަހީ: ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.)”

– ތައުބާ ސޫރަތް ފިޔަވާ އެހެން ހުރިހާ ސޫރަތެއް ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބެކެވެ. [3]

– ތައުބާ ސޫރަތް ފަށާއިރު ބިސްމި ކިޔަން ނުޖެހެއެވެ. އަދި މުޞްޙަފުގައިވެސް ތައުބާ ސޫރަތް ފަށާއިރު ބިސްމި ލިޔެފައި ނުވެއެވެ. [4]

 

ބިސްމީގެ ޞީޣާ

 

ކީރިތި ޤުރުއާނު ތިލަވާވަތުކުރުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ބިސްމީގެ ޞީޣާއަކީ: بِاسْمِ اللهِ الرَّحْمٰنِ الرَّحِيْم އެވެ.

 


[1] ބައްލަވާ: أحكام القرآن للجصاص (1/8) والمجموع للنووي (3/333 – 335) ومجموع فتاوى لشيخ الإسلام ابن تيمية (22/438).

[2] ބައްލަވާ: غاية المريد لعطية قابل نصر (ص: 47).

[3] ބައްލަވާ: شرح تحفة الأطفال للشيخ محمد مصطفى بلال (ص: 16).

[4] ބައްލަވާ: تفسير ابن كثير (1/48).

 

ތަޖުވީދުގެ ފުރަމަތަ މަރުޙަލާ