މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
އަލުން ދިރުއްވާނެކަން ކަށަވަރުކޮށްދިނުން
މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
– ހިސާބުބެއްލެވުން (12ވަނަ އާޔަތް)
– މުއުމިނުންނާއި ރިސާލަތު ދޮގުކުޅަމީހުންގެ ވާހަކަ އަދި އެދެބައިމީހުންނަށް ޖަޒާދެއްވޭނެގޮތް (13ވަނަ އާޔަތުން 29ވަނަ އާޔަތަށް)
– އަލުންދިރުއްވާނޭކަމުގެ ބުއްދީގެ ދަލީލުތައް (33،78،79، 81 ވަނަ އާޔަތް)
– މުއުމިނުންނަށް ލިބެނިވި ހެޔޮ ޖަޒާ (55ވަނަ އާޔަތުން 58ވަނަ އާޔަތަށް)
– ކާފަރުންނަށް ލިބެނިވި ނުބައި ޖަޒާ (63ވަނަ އާޔަތުން 65ވަނަ އާޔަތަށް)
– ކައުނުގައިވާ އެއްކައުވްނަތަކަމާއި ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ވާހަކަ (33ވަނަ އާޔަތުން 42ވަނަ އާޔަތަށް އަދި 71 ވަނަ އާޔަތުން 73ވަނަ އާޔަތަށް)
މި ސޫރަތުން ލިބިދޭ ފައިދާތައް
– މި ސޫރަތުގައި ރަސޫލުބޭކަލުން ތެދުކުރި މީހެއްގެ ވާހަކަ އައިސްފައިވެއެވެ. އޭނަ، ޤައުމުގެ މީހުންނަށް އިސްލާމްދީނަށް ގޮވާލެއްވުމުގައި މަރުވަންދެން ދެމިހުރިއެވެ. (20،26،27ވަނަ އާޔަތް)
– ﷲތަޢާލާއީ އެންމެ އިންސާފުވެރި ފަރާތެވެ. އެކަލާނގެއީ އޯގާވަންތަ އިލާހެވެ. އެކަލާނގެ މަޚްލޫޤުންނަށް ޢުޒުރު ހޯދައިދިނުމަށް ލޯބިކުރައްވާ އިލާހެވެ. ރަސޫލު ބޭކަލުން ފޮނުއްވުމުގެ އެއް ޙިކުމަތަކީ މިއީއެވެ. (6 ވަނަ އާޔަތް)
– މުއުމިނުން އެކަކު އަނެކަކު ބާރުވެރިކުރެއެވެ. (14 ވަނަ އާޔަތް)
– ކައުނީ ނިޒާމުތަކުގެ ފުރިހަމަވެގެންވެއެވެ. (38 ވަނަ އާޔަތުން 40 ވަނަ އާޔަތަށް)
– ދިރިހުރި މީހަކަށް ނޫނީ ޤުރުއާނުން ފައިދާއެއް ނުކުރާއެވެ. (70 ވަނަ އާޔަތް)
– ދެ ފަހަރަށް ތާޅަފިލި ފުމެލައްވާނެއެވެ. ފުރަތަމަ ފުމެލެއްވުމަށް ކިޔަނީ نفخة الفزع ނުވަތަ نفخة الصعق އެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۚ وَكُلٌّ أَتَوْهُ دَاخِرِينَ ﴿٨٧﴾ [سورة النمل]
“ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ (އެހިނދު) اللَّه އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ حال ގައި އެކަލާނގެ حضرة އަށް އަންނާނެތެވެ.”
﴿وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ﴾ [سورة الزمر 68]
މާނައީ:”ތާޅަފިލި ފުމެލައްވާ ހުއްޓެވެ. ދެން އުޑުތަކާއި، ބިމުތަކުގައި ވާހާ ބަޔަކު ހޭނެތި މަރުވެދާ ހުއްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ.”
– ދެ ތާޅަފިލި ފުމެލައްވަނީ މީސްތަކުން އަލުން ދިރުއްވުމަށެވެ. سورة يس ގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ (51)
“އަދި ތާޅަފިލި ފުމެލައްވާހުއްޓެވެ. ފަހެ، އެހާރުން އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނުކުމެގެންދާނެތެވެ.”
މީސްތަކުން ޤަބުރުތަކުން ނުކުންނަ މަންޒަރު މިގޮތަށް ތަޞައްވުރު ކޮށްލައިފިނަމަ ތަޞައްވުރުވެގެންދާނީ ދުވަހަކުވެސް ފެނިފައި ނުވާފަދަ ބޮޑުވެގެންވާ ކަމެއްގެ ގޮތުގައެވެ. އާދަމުގެފާނުން ފެށިގެން ޤިޔާމަތް ޤާއިމުވުމާ ހަމައަށް މިޢާލަމުގައިވާ އެންމެހާ މީސްތަކުން އެންމެ މީހަކު ނުކުންނަފަދައިން ނުކުންނާނެއެވެ. ބިމުގެ އިރުމައްޗާއި ހުޅަނގުގައި ބުރުވާލެވިފައިވާ ޤަބުރުތަކުންނެވެ.
އާދަމް ޢަލައިހިއްސަލާމް، ދުނިޔެއަށް ފޮނުއްވުނީއްސުރެވެސް އިންސާނާގެ ޢަދާވާތްތެރިއެއް ކަމުގައި މެނުވީ ޝައިޠާނާ ނުވެއެވެ. ޔާސީން ސޫރަތުގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރު ނުކުރައްވަމު ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ ޢަދާވާތް ތެރިޔެކެވެ.”
__________________________
މަޞްދަރު: أول مرة أتدبر القرآن
ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް