
މުޖާހިދު ވިދާޅުވިއެވެ.
قَالَ ابْنُ عَبَّاسٍ: أَتَدْرِي مَا سِعَةُ جَهَنَّمَ؟ قُلْتُ: لَا، قَالَ: أَجَلْ، وَاللَّهِ مَا تَدْرِي، إِنَّ بَيْنَ شَحْمَةِ أُذُنِ أَحَدِهِمْ وَبَيْنَ عَاتِقِهِ مَسِيرَةَ سَبْعِينَ خَرِيفًا، تَجْرِي فِيهَا أَوْدِيَةُ الْقَيْحِ وَالدَّمِ، قُلْتُ: أَنْهَارًا؟ قَالَ: لَا، بَلْ أَوْدِيَةً، ثُمَّ قَالَ: أَتَدْرُونَ مَا سِعَةُ جَهَنَّمَ؟ قُلْتُ: لَا، قَالَ: أَجَلْ، وَاللَّهِ مَا نَدْرِي، حَدَّثَتْنِي عَائِشَةُ أَنَّهَا سَأَلَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ قَوْلِهِ: ﴿وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ﴾ [سورة الزمر: 67] فَأَيْنَ النَّاسُ يَوْمَئِذٍ يَا رَسُولَ اللَّهِ؟ قَالَ: «هُمْ عَلَى جِسْرِ جَهَنَّمَ» [رواه أحمد في مسنده برقم: 24856، وصححه الألباني في سلسلة الأحاديث الصحيحة برقم: 561]
މާނައީ: އިބްނު ޢައްބާސް ވިދާޅުވިއެވެ. “ނަރަކައިގެ ބޮޑުމިން ތިބާއަށް އެނގޭ ހެއްޔެވެ؟”
ތިމަން ދެންނެވީމެވެ. “ނޫނެކެވެ.”
އެކަލޭގެފާނު ވިދާޅުވިއެވެ. “އެންމެ ރަނގަޅެވެ. ﷲ ގަންދީ ބުނަމެވެ. ތިބާއަކަށް ނޭނގެއެވެ. އެބައިމީހުން ކުރެ މީހެއްގެ (އެބަހީ: ނަރަކަވަންތަ ވެރިއެއްގެ) ކަންފަތު ފޫޅުން ފެށިގެން ކަނދުރާއާ ހަމައަށް ހަތްދިހަ އަހަރުގެ ރާސްތާވެއެވެ. ހިނގަހިނގާ ހުންނަ ދޮހާއި ލޭގެ ވާދީތައް އެތަނުގައިވެއެވެ.”
ތިމަން ދެންނެވީމެވެ. “ކޯރުތައް ހެއްޔެވެ؟”
އެކަލޭގެފާނު ވިދާޅުވިއެވެ. “ނޫނެކެވެ. އެހެނެއްކަމަކު ވާދީތަކެވެ.”
ދެން ވިދާޅުވިއެވެ. “ނަރަކައިގެ ބޮޑުމިން ތިބާއަށް އެނގޭ ހެއްޔެވެ؟”
ތިމަން ދެންނެވީމެވެ. “ނޫނެކެވެ.”
އެކަލޭގެފާނު ވިދާޅުވިއެވެ. “އެންމެ ރަނގަޅެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެމެންނަކަށް ނޭނގެއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ޢާއިޝާ -رضي الله عنها- ވިދާޅުވިއެވެ.
﴿وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ﴾ [سورة الزمر: 67]
[މާނައީ: “އަދި ޤިޔާމަތްދުވަހު، މުޅި ބިންވާހުށީ އެއިލާހުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ ފަށްޖަހައިލައްވާފައިވާ ޙާލު، އެއިލާހުގެ ކަނާތްޕުޅުގައެވެ.”]
“މިއާޔަތާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ފަހެ، އެދުވަހު މީސްތަކުން ކޮބާ ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެބައިމީހުން ތިބޭނީ ނަރަކައިގެ މަތީގައިވާ ޞިރާޠުމަގުގައެވެ.””
ނަރަކައިގެ ބޮޑުކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟
«يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ، مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا» [رواه مسلم برقم: 29 – (2842)]
މާނައީ: “އެދުވަހު ނަރަކަ ގެނެވޭއިރު، އޭގައި ހަތްދިހަ ހާސް ލަގަންވާނެއެވެ. ކޮންމެ ލަގަނަކާއެކު ހަތްދިހަ ހާސް މަލާއިކަތުން އެ ނަރަކަ ދަމާފައި ގެންނާނެއެވެ.”
ނަރަކައިގެ ބޮޑުކަން ވިސްނަވާށެވެ. ޞިރާޠުމަގަކީ ނަރަކައިގެ މަތީގައިވާ މަގެކެވެ. އެމަގުވަނީ ނަރަކައިގެ އެއްކޮޅުން އަނެއް ކޮޅަށެވެ. ނަރަކަ އެހާ ބޮޑުއިރު، އެމަގުގެ ދިގު މިން ތަޞައްވުރުކޮށްލައްވާށެވެ. އެމަގު ހުރަސްކުރުން، އެދުވަހު މީސްތަކުންނަށް މަޖުބޫރުވާނެއެވެ. އެއްވެސް އިޚްތިޔާރެއް ނުވާނެއެވެ. ޤިޔާމަތްދުވަހު، ﷲ ތަޢާލާގެ ކޮންމެ އަމުރުފުޅަކަށް ތަބާވުން ނޫން ގޮތެއް ނޯންނާނެއެވެ.
=ނުނިމޭ=
______________________________