[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 74

އަތުބާޢުއް ތާބިޢީ ބޭކަލުންގެ ޒަމާނުގައި ސުންނަތަށް ޚިދުމަތްކޮށްދެއްވުމަށް އެބޭކަލުން ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ފަދައިން، ތިންވަނަ ޤަރުނުގެ ބޭކަލުންވެސް ސުންނަތަށް ޚިދުމަތްކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެހެނީ އަތުބާޢުއް ތާބިޢީންގެ ޒަމާނުގައި އެބޭކަލުން ސުންނަތް ރައްކާތެރިކޮށް، ދޮގުވެރިންގެ ކިބައިން އެ ޙިމާޔަތްކޮށް، ޖަރަޙަވައް ތަޢުދީލުގެ ޢިލްމަށް ޚިދުމަތް ކުރެއްވި ފަދައިން، ތިންވަނަ ޤަރުނުގެ ބޭކަލުންވެސް ސުންނަތް ޚިލާފުކަންކަމާއި ބިދުޢަތަކާ ދެކޮޅަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވިއެވެ.

އޭރު ލިޔެފައިވާ ފޮތްތަކުން ސުންނަތަށްކޮށްފައިވާ ޚިދުމަތްތައް ފެނިގެންދާނެއެވެ. އެގޮތުން އޭރު ލިޔެވިގެން ދިޔަ ޙަދީޘްފޮތްތަކުގެ ތެރެއިން މުސްނަދުތަކާއި ޞައްޙަ ފޮތްތަކާއި ސުނަނު ފޮތްތަކާއި ޙަދީޘްގެ ރާވީންނާ ބެހޭގޮތުން އެކި މައުޟޫޢާއި ދާއިރާތަކުގައި ލިޔުއްވާފައިވާ ފޮތްތަކާއި ޢަޤީދާގައި ލިޔުއްވާފައިވާ ގިނަފޮތްތައް ހިމެނެއެވެ.

ހަމަ އެއާއެކު އެދުވަސްވަރުގައި ބިދުޢައާއި ބިދުޢަވެރިންނާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން އެބައިމީހުންގެ ފިކުރުތަކުގެ ސިއްރުތައް ކަޝްފުކޮށްލުމާއި އެބައިމީހުންގެ ނުބައިކަން އުންމަތުގެ އަހުލުވެރިންނަށް ސަމާލުކުރުވުން ހިމެނެއެވެ. އަދި އިމާމު އަހްލުއްސުންނާ، އިމާމު އަޙްމަދު އެދުވަސްވަރުގައި ނެންގެވި މައުޤިފު ފާހަގަކޮށްލެވެއެވެ. އެއީ އެކަލޭގެފާނާ ދެކޮޅަށް އެއްވި ޖަހުމީންނާއި މުޢުތަޒިލީންނާ ދެކޮޅަށް އެކަލޭގެފާނު ނެންގެވި މައުޤިފެވެ. އަދި ﷲ ގެ ވާގިފުޅާއި ނަޞްރާއި އިޛްނަފުޅާއެކު އެބައިމީހުންގެ ބިދުޢަތައް ބަލިކަށިވެގެން ދިޔައެވެ. [1] އަދި އެބައިމީހުން ބަލިވެގެންވާ ޙާލު ފަހަތަށް ޖެހުނެވެ. ސުންނަތުގެ އަހުލުވެރިންނަށް އެބައިމީހުން ކުރަން އުޅުނު ދުއްތުރާތަކުގެ މިޘާލަކީ ޅެންވެރިއަކު ވިދާޅުވެފައިވާ ފަދައިންނެވެ.

كناطح صخرة يوماً ليوهنها … فلم يضرها وأوهي قرنه الوعل

މާނައީ: އެއްދުވަހަކު ހިލަގަނޑެއް ހަލާކުކޮށްލުމަށް ދަޅުން ޖެހި ކަންބަޅި ފަދައިންނެވެ.

އެ ހިލަގަނޑަށް ގެއްލުމެއް ނުވެ، ބަލިކަށިވީ އޭގެ ދަޅެވެ.

_________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] އިމާމު އަޙްމަދަށް ކުރިމަތިވި ފިތުނައިގެ ތަފްޞީލު ވިދާޅުވުމަށް މިފޮތްތައް 1 – كتاب المحنة لابن الجوزي 2- ترجمة الإمام أحمد في سير أعلام النبلاء، މުރާޖަޢާކުރައްވާށެވެ.