ޞިރާޠުމަގުގެ ސިފަ
ޞިރާޠުމަގު ސިފަކުރައްވާފައިވާ ވަރަށް ގިނަ ޙަދީޘްތައް ވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތައް ޛިކުރުކޮށްލާނަމެވެ.
އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.
قُلْنَا: يَا رَسُولَ اللَّهِ، وَمَا الجَسْرُ؟
قَالَ: «مَدْحَضَةٌ مَزِلَّةٌ، عَلَيْهِ خَطَاطِيفُ وَكَلاَلِيبُ، وَحَسَكَةٌ مُفَلْطَحَةٌ لَهَا شَوْكَةٌ عُقَيْفَاءُ، تَكُونُ بِنَجْدٍ، يُقَالُ لَهَا: السَّعْدَانُ». [1]
މާނައީ: “ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! ޞިރާޠުމަގަކީ ކޮބާ ހެއްޔެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ފައި ހަރުނުލާ، ކައްސާ މަގެކެވެ. އޭގައި ބުޅިތަކަކާއި އެއްކޮޅު ފުޅާކޮށް އަދި އަނެއް ކޮޅު ހިމަކޮށް، އޭގެ ކޮޅުތައް ބަޅުކޮށް ހުންނަ ކަށިތަކެއް ވެއެވެ. السَّعْدَانُ ކިޔާ އެފަދަ ކަށި ގަހެއް ނަޖުދުގައި ވެއެވެ.”
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَفِي حَافَتَيِ الصِّرَاطِ كَلَالِيبُ مُعَلَّقَةٌ مَأْمُورَةٌ بِأَخْذِ مَن أُمِرَتْ بِهِ». [2]
މާނައީ: “(ޞިރާޠުމަގުގެ) ދެ ފަރާތުގައި އެލުވިފައިވާ ކަށިތަކެއްވެއެވެ. އެއަށް އަމުރުވެވިގެންވާ މީހުން އަތުލާނެއެވެ.”
އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.
«وَبِهِ كَلالِيبُ مِثْلُ شَوْكِ السَّعْدَانِ، أَمَا رَأَيْتُمْ شَوْكَ السَّعْدَانِ؟» قَالُوا: بَلَى يَا رَسُولَ اللَّهِ، قَالَ: «فَإِنَّهَا مِثْلُ شَوْكِ السَّعْدَانِ، غَيْرَ أَنَّهَا لاَ يَعْلَمُ قَدْرَ عِظَمِهَا إِلَّا اللَّهُ». [3]
މާނައީ: “އަދި السَّعْدَان އޭ ކިޔާ ގަހުގެ ކަށިތައްފަދަ ބުޅިތަކެއް އޭގައި ވެއެވެ. السَّعْدَان އޭ ކިޔާ ގަހުގެ ކަށިތައް ނުދެކެމު ހެއްޔެވެ؟ (ޞަހާބީން) ދެންނެވިއެވެ. “އާދޭހެވެ. (ދުށީމެވެ.) އޭ ﷲ ގެ ރަސޫލާއެވެ!” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެވަނީ السَّعْدَان އޭ ކިޔާ ގަހުގެ ކަށިތައް ފަދައިންނެވެ. އެހެނަސް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އޭގެ ބޮޑުމިން އެނގިގެން ނުވެއެވެ.”
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَيُوضَعُ الصِّرَاطُ مِثْلَ حَدَّ الْمُوسَى فَتَقُولُ الْمَلَائِكَةُ: مَنْ تُجِيزُ عَلَى هَذَا؟
فَيَقُولُ: مَنْ شِئْتَ مِنْ خَلْقِي.
فَيَقُولُ: سُبْحَانَكَ مَا عَبَدْنَاكَ حَقَّ عِبَادَتِكَ». [4]
މާނައީ: “ކުރަފަތީގެ ތިލަ ފަދައިން ޞިރާޠުމަގު ލެއްވޭނެއެވެ. ފަހެ މަލާއިކަތުން ދަންނަވާނެއެވެ. މީގެ މަތިން ހުރަސްކުރާނީ ކޮން ބައެއް ހެއްޔެވެ؟”
ފަހެ، ވަޙީކުރައްވާނެއެވެ. “ތިމަންއިލާހުގެ ޚަލްޤުތަކުންގެ ތެރެއިން ތިމަންއިލާހު އިރާދަކުރެއްވި އަޅެކެވެ.”
އެބޭކަލުން ދަންނަވާނެއެވެ. “އިބައިލާހު ހުސްޠާހިރުވަންތައެވެ! އިބައިލާހަށް އަޅުކަންކުރުން ޙައްޤުވާ ގޮތުގައި ތިމަންމެންނަށް އިބައިލާހަށް އަޅުކަމެއް ނުކުރެވެއެވެ.”
ޞިރާޠުމަގު ޞިފަކުރައްވާ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«كَحَدِّ السَّيْفِ دَحْضٌ مَزِلَّةٌ». [5]
މާނައީ: “ކަނޑީގެ މިޔަ ފަދައިން ފައި ހަރުނުލާ، ކައްސާ ތަނެކެވެ.”
______________________________
[1] رواه البخاري في صحيحه برقم: (7439).
[2] رواه مسلم في صحيحه برقم: (329 – (195)).
[3] رواه البخاري في صحيحه برقم: (6573).
[4] رواه الحاكم في المستدرك برقم: (8739)، وصححه الألباني في سلسلة الأحاديث الصحيحة برقم: (941).
[5] رواه الحاكم المستدرك برقم: (3424)، وصححه الألباني في سلسلة الأحاديث الصحيحة برقم: (941).