[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 77

3 – މުސްނަދު ފޮތްތަކުގެ ތެރެއިން އެންމެ މުހިންމު ފޮތްތައް:

 

  1. مسند أبي داود سليمان بن داود الطيالسي (އަވަހާރަވީ 204 ހ).

މި މުސްނަދު الطيالسي އަށް ނިސްބަތްކޮށް، އެކަލޭގެފާނު އަވަހާރަވި ތާރީޚަށް ބަލާފައި މިއީ އެންމެ ފުރަތަމަ މުސްނަދުކަމަށް ވިދާޅުވާ ޢިލްމުވެރިންނަށް السيوطي ރައްދުދެއްވާފައިވެއެވެ. ވިދާޅުވިއެވެ.

“އެއީ ޚުރާސާނުގެ (ޙަދީޘް ޢިލްމުގެ) ބައެއް ޙާފިޡުން ޖަމާކުރައްވާފައިވާ ފޮތެކެވެ. އެއީ އެކަލޭގެފާނުގެ އަރިހުން يونس بن حبيب الأصبهاني ރިވާކުރައްވި ޙަދީޘްތައް ޖަމާކޮށްފައިވާ ފޮތެކެވެ. އަދި އެކަލޭގެފާނާ އެކަމުގައި ވަރަށް ގިނަ ބޭކަލުން ޚިލާފުވެފައިވެއެވެ. މިކަން (ހިނގާފައިވާ ގޮތް) ވައްތަރީ مسند الشافعي ގައި ކަން ހިނގާފައިވާ ގޮތަށެވެ. އެހެނީ އެއީ އެކަލޭގެފާނުގެ (އެބަހީ: އިމާމު ޝާފިޢީގެ) ފޮތެއް ނޫނެވެ. އެހެނަސް އެއީ އިމާމު ޝާފިޢީގެ އަރިހުން، އެކަލޭގެފާނުގެ الأم އޭ ކިޔުނު ފޮތް އަޑު އެއްސެވި الأصم ގެ އަރިހުން ނައިސާބޫރުގެ (ޙަދީޘް ޢިލްމުގެ) ބައެއް ޙާފިޡުން ޖަމާކުރެއްވި ފޮތެކެވެ. އެހެނީ الأصم ވަނީ الأم އޭ ކިޔުނު ފޮތް ނުވަތަ އެފޮތުގެ ބޮޑު ބައެއް الربيع ގެ އަރިހުން ނަޤުލުކުރައްވާފައެވެ. އަދި الربيع ވަނީ އިމާމު ޝާފިޢީގެ އަރިހުން އެ ނަޤުލުކުރައްވާފައެވެ.” [1]

ފިޤުހީ ބާބުތަކުގެ މައްޗަށް الشيخ أحمد بن عبد الرحمن البنا الساعاتي – رحمه الله – ވަނީ މި މުސްނަދު ތަރުތީބުކުރައްވާފައެވެ. އަދި ޝައިޚު މި ފޮތަށް ނަންދެއްވާފައިވަނީ منحة المعبود بترتيب مسند أبي داود އެވެ. މި ފޮތް ވަނީ حبيب الرحمن الأعظمي ގެ ތަޙްޤީޤުގެ ދަށުން ދެ މުޖައްލަދުގައި ޗާޕުކޮށްފައެވެ.

 

  1. مسند أبي بكر بن أبى شيبة (އަވަހާރަވީ 235 ހ).

މިއީ އަބޫ ބަކްރު އިބްނު ޝައިބާގެ މުޞައްނަފުގެ އިތުރަށް ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތުގެ އަތުން ލިޔެފައިވާ ދެ ޗާޕެއްވެއެވެ. އޭގެ ތެރެއިން އެއް ޗާޕުވަނީ ތުރުކީގެ مكتبة أحمد الثالث ގައެވެ. އަނެއް ޗާޕުވަނީ ތޫނުސްގެ المكتبة الوطنية ގައެވެ. އަދި އެންމެ ފަހުން މިނަންގަތް ޗާޕުގެ ފޮޓޯކޮޕީއެއް މަދީނާގައި ހުންނަ الجامعة الإسلامية ގެ މަޚްޠޫޠާތު ލައިބްރަރީގައިވެއެވެ.

 

= ނުނިމޭ =


އެހެނިހެން ބައިތައް

 

 [1] جلال الدين السيوطي: تدريب الراوي 1 174 – 175، شمس الدين السخاوي: فتح المغيث 1 / 86.