[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަޖިހުގެ ތަޢާރަފާއި ނަޖިހުގެ ވައްތަރުތައް

ނުވަވަނަ ބާބު

 

ނަޖިސް އަދި ނަޖިހުން ޠާހިރުވާނެ ގޮތް

 

ފުރަތަމައީ: ނަޖިހުގެ ތަޢާރަފާއި ނަޖިހުގެ ވައްތަރުތައް

ނަޖިހަކީ، ޝަރުޢުކުރެއްވި ފަރާތުން، އަހަރެމެން އެއިން ދުރުވުމަށް އަމުރުކުރައްވާފައިވާ ހަޑި ކޮންމެ އެއްޗެކެވެ.

އެއީ ދެ ބާވަތެކެވެ.

ހ- ޢައިނިއްޔަ ނުވަތަ ޙަޤީޤީ ނަޖިސް: – މިއީ އެއްވެސް ޙާލަތެއްގައި ޠާހިރު ނުކުރެވޭ ތަކެއްޗެވެ. އެއީ އޭގެ ޛާތުގައި ނަޖިސް ތަކެއްޗަށް ވުމުންނެވެ. މިސާލަކަށް: ޙިމާރުގެ ބޮޑުކަމުދާ ތަކެތި، ލޭ، ކުޑަކަމުދާ ތަކެތި.

ށ- ޙުކުމިއްޔަ ނަޖިސް: – އެއީ ނަމާދުކުރުން މަނާކުރާ ނުޠާހިރުކަމެއް ހަށިގަނޑަށް އައުމެވެ. އޭގެ ތެރޭގައި ވުޟޫކުރުމުން ފިލުވައިލެވޭ ކުޑަ ޙަދަޘް ހިމެނެއެވެ. އެއީ މިސާލަކަށް: ބޮޑުކަމުދިޔުމެވެ. އަދި ހިނައިގަތުމުން ފިލުވައިލެވޭ ބޮޑު ޙަދަޘް ހިމެނެއެވެ. އެއީ މިސާލަކަށް: ޖުނުބުވެރިވުމެވެ.

ނަޖިސް ފިލުވާލުމުގެ އަޞްލަކީ ފެނެވެ. (އެބަހީ: ނަޖިސް ފިލުވާލުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ ފެނެވެ.) ޠަހާރަތުގެ އަޞްލަކީ ފެނެވެ. އެއީ ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވާފައިވާ ކަމަށްޓަކައެވެ.

﴿وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ﴾ [الأنفال 11]

“އަދި އެއިލާހު ތިޔަބައިމީހުން ޠާހިރުކުރެއްވުމަށް، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިއެވެ.”

ނަޖިސް ތިން ބާވަތަކަށް ބެހެއެވެ.

1- ނަޖިސްކަން ގަދަ ނަޖިސް: އެއީ ކުއްތާގެ ނަޖިހާއި އޭތީގެ ދަރިއެވެ.

2- ލުއިވެގެންވާ ނަޖިސް: އެއީ ކެއުމަށްޓަކައި ކިރު ނޫން އެހެން އެއްޗެއް ބޭނުން ނުކުރާ، ދެ އަހަރުނުވާ ކުޑަ ފިރިހެން ކުއްޖާގެ ކުޑަކަމުދާ ތަކެއްޗެވެ.

3- ނަޖިސްކަން މެދުމިންވެގެންވާ ނަޖިސް: އެއީ އިސްވެ ދެންނެވުނު ދެދަރަޖައިގެ ނަޖިސް ނޫން ދެންއެހެން ހުރިހާ ނަޖިހެކެވެ. މިސާލަކަށް: ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތި، މުޅަތަކެތި.


الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية