- مسند إسحاق بن إبراهيم الحنظلي – އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ابن راهويه ގެ ނަމުންނެވެ. – (އަވަހާރަވީ 238 ހ).
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފޮތުގެ ބޮޑު ބައިވަނީ ގެއްލިފައެވެ. މިފޮތުގެ ބައެއް – މުސްނަދު ޢާއިޝާއިން ފެށިގެން ބައެއް – الدكتور عبد الغفور بن عبد الحق البلوشي ވަނީ ތަޙްޤީޤުކުރައްވާފައެވެ. އެއީ الجامعة الإسلامية ގައި ސުންނަތުގެ ދާއިރާއިން ދުކްތޫރާ ޙާޞިލުކުރެއްވުމަށް ލިޔުއްވި ރިސާލާއެކެވެ. [1]
- مسند الإمام أحمد بن محمد بن حنبل (އަވަހާރަވީ 241 ހ).
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ މިހާރު ފެންނަށް އޮތް އެންމެ ބޮޑު މުސްނަދު ފޮތެވެ. ބޮޑެތި 6 މުޖައްލަދުގައި މިފޮތް ވަނީ ޗާޕުކޮށްފައެވެ. ހަތަރުވަނަ ނުކުތާގައި – ﷲ ގެ އިޛުނަފުޅާ ލައިގެން – މިފޮތާ ބެހޭގޮތުން އަލިއަޅުވާލާނަމެވެ.
- مسند أحمد بن إبراهيم الدورقى (އަވަހާރަވީ 246 ހ).
ޡާހިރިއްޔާ މަކްތަބާގެ، މަޖްމޫޢު 37 ގައި މިފޮތުގެ ބައެއް އެބައޮތެވެ. އޭގައި مسند سعد بن أبى وقاص ވެއެވެ.
- المنتخب من مسند عبد بن حميد الكشي (އަވަހާރަވީ 249 ހ).
މުޞްޠަފާ ޢަދަވީގެ ތަޙްޤީޤާއެކު ތިން މުޖައްލަދަށް މިފޮތްވަނީ ޗާޕުކޮށްފައެވެ. [2]
- مسند يعقوب بن شيبة أبو يوسف السدوسي البصري (އަވަހާރަވީ 262 ހ).
އައްޛަހަބީ ވިދާޅުވިއެވެ.
“އެއީ އެފަދަ އެހެން މުސްނަދެއް ނުވާ، ބޮޑު މުސްނަދެއް އެއްކުރެއްވި ބޭކަލެކެވެ. ޙަދީޘްގެ ޢިއްލަތްތައް ބަޔާންކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ މުސްނަދު ލިޔުއްވާފައިވަނީ ގާތްގަނޑަކަށް 30 މުޖައްލަދުގައެވެ. އެ ފުރިހަމަކުރެއްވި ނަމަ ގާތްގަނޑަކަށް 100 މުޖައްލަދު ވީހެވެ.” [3]
އޭގެ ކޮންމެވެސް މިންވަރެއްވަނީ ޗާޕުކުރެވިފައެވެ. އެއީ އޭގެ ދިހަވަނަ ޖުޒުއެވެ. އޭގައިވަނީ މުސްނަދު مسند عمر بن الخطاب رضي الله عنه އިން ފަށާފައެވެ.
= ނުނިމޭ =
[1] އެފޮތާ ބެހޭ ތަފްޞީލާ ދިރާސާއެއް ބެއްލެވުމަށް މިފޮތް ވިދާޅުވާށެވެ. “الإمام إسحاق بن راهويه وكتابه المسند” للدكتور عبد الغفور البلوشي، طبعة مكتبة الإيمان بالمدينة.
[2] މިފޮތުގެ އެއް މުޖައްލަދުގެ ޗާޕެއްވެސްވެއެވެ. އެއީ أرضروم ޖާމިޢާގައި ތުރުކީ ކުއްޖަކު ތަޙުޤީޤުކޮށްފައިވާ ޗާޕެކެވެ. އަދި الإمام محمد بن سعود ޖާމިޢާގައި ދުކްތޫރާ ރިސާލާއެއްގެ ގޮތުގައިވެސް މިފޮތް ދަނީ ތަޙުޤީޤުކުރަމުންނެވެ.
[3] سير أعلام النبلاء (12 / 476) އަދިވެސް އެކަލޭގެފާނުގެ މަންހަޖާ ބެހޭގޮތުން އެފޮތުގައި އައްޛަހަބީ ވިދާޅުވިއެވެ. (ص: 477): “ޙަދީޘްގެ ގާތް ސަނަދުތަކާއި ދުރު ސަނަދުތައްވެސް އެކަލޭގެފާނު ގެންނެވިއެވެ. އަދި އެފޮތުގައި އެންމެ ފުރަތަމަ ޞަޙާބީގެ ސިޔަރަތު ފުރިހަމައަށް ގެންނަވައެވެ. ދެން އެ ޞަޙާބީގެ ރިވާޔަތްތައް ގެންނަވައެވެ. އަދި އޭގައިވަނީ ރާވީންނާއި ޙަދީޘްގައިވާ ޢިއްލަތްތަކާ ބެހޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އަދި ރާވީންގެ ޖަރުޙާއި ތަޢުދީލާ ބެހޭގޮތުން ފައިދާ ކުރަނިވި، ސާފުވަނިވި، ރިވެތި ބަސްތަކަކުން ބަޔާންކުރައްވާފައިއެވެ. އެކަލޭގެފާނުގެ މުސްނަދު ބަލައިފި މީހަކު ފޫއްސެއް ނުވާނެއެވެ. އެހެނަސް އެކަލޭގެފާނުގެ އަރިހުން ރިވާކުރައްވާފައިވަނީ ވަރަށް މަދު މީހެކެވެ.”