[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 4

2. އިސްލާމްކަމުގެ ރުކުންކަމުގައިވާ ނަމާދުތައް ބަޔާންކޮށްފައިވާ ބާބު

 

 

8 – (11) حَدَّثَنَا قُتَيْبَةُ بْنُ سَعِيدِ بْنِ جَمِيلِ بْنِ طَرِيفِ بْنِ عَبْدِ اللهِ الثَّقَفِيُّ، عَنْ مَالِكِ بْنِ أَنَسٍ فِيمَا قُرِئَ عَلَيْهِ عَنْ أَبِي سُهَيْلٍ، عَنْ أَبِيهِ، أَنَّهُ سَمِعَ طَلْحَةَ بْنَ عُبَيْدِ اللهِ، يَقُولُ: جَاءَ رَجُلٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ ثَائِرُ الرَّأْسِ، نَسْمَعُ دَوِيَّ صَوْتِهِ، وَلَا نَفْقَهُ مَا يَقُولُ حَتَّى دَنَا مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَإِذَا هُوَ يَسْأَلُ عَنِ الْإِسْلَامِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَمْسُ صَلَوَاتٍ فِي الْيَوْمِ، وَاللَّيْلَةِ» فَقَالَ: هَلْ عَلَيَّ غَيْرُهُنَّ؟ قَالَ: «لَا، إِلَّا أَنْ تَطَّوَّعَ، وَصِيَامُ شَهْرِ رَمَضَانَ»، فَقَالَ: هَلْ عَلَيَّ غَيْرُهُ؟ فَقَالَ: «لَا، إِلَّا أَنْ تَطَّوَّعَ»، وَذَكَرَ لَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الزَّكَاةَ، فَقَالَ: هَلْ عَلَيَّ غَيْرُهَا؟ قَالَ: «لَا، إِلَّا أَنْ تَطَّوَّعَ»، قَالَ: فَأَدْبَرَ الرَّجُلُ، وَهُوَ يَقُولُ: وَاللهِ، لَا أَزِيدُ عَلَى هَذَا، وَلَا أَنْقُصُ مِنْهُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَفْلَحَ إِنْ صَدَقَ».

 

ޠަލްޙާ ބުން ޢުބައިދުﷲ ވިދާޅުވިކަމަށް ރިވާވެގެން އައިސްފައިވެއެވެ. ނަޖްދުގެ އަހުލުވެރިންގެ ތެރެއިން މީހަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައެވެ. އޭނާގެ ބޯވަނީ ހޭވިފައެވެ. އޭނާގެ އަޑު ތިމަންމެނަށް އިވުނެވެ. ނަމަވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައުމުން ނޫނީ ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ފަހެ، އެމީހާ ސުވާލުކުރީ އިސްލާމްކަމާ ބެހޭ ގޮތުންނެވެ. ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ރެއާއި ދުވާލު ފަސް ނަމާދެވެ.”

ފަހެ، އެމީހާ ދެންނެވިއެވެ. “އެނޫން ކަމެއް ތިމަންގެ މައްޗަށް ވޭ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ތިބާ ބޭނުންވެގެން ކުރިކަމެއް މެނުވީއެވެ. އަދި ރަމަޟާނު މަހު ރޯދަ ހިފުމެވެ.”

ފަހެ، އެމީހާ ދެންނެވިއެވެ. “އެނޫން ކަމެއް ތިމަންގެ މައްޗަށް ވޭ ހެއްޔެވެ؟”

ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ތިބާ ބޭނުންވެގެން ކުރިކަމެއް މެނުވީއެވެ.”

އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم އެމީހާގެ ގާތުގައި، ޒަކާތުގެ ވާހަކަ ޛިކުރުކުރެއްވިއެވެ.

ފަހެ، އެމީހާ ދެންނެވިއެވެ. “އެނޫން ކަމެއް ތިމަންގެ މައްޗަށް ވޭ ހެއްޔެވެ؟”

ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ތިބާ ބޭނުންވެގެން ކުރިކަމެއް މެނުވީއެވެ.”

(ޠަލްޙާ ބުން ޢުބައިދުﷲ) ވިދާޅުވިއެވެ. “ފަހެ، އެމީހާ ފަސްދީ ދަމުން ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. މިއަށް އިތުރެއް ނުކުރާނަމެވެ. އަދި މިއިން އުންޏެއްވެސް ނުކުރާނަމެވެ. ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭނާ އެކަމުގައި ތެދުވެރިވެއްޖެނަމަ، އޭނާ ކާމިޔާބުވާނެއެވެ.”  

 

 

9 – (…) حَدَّثَنِي يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ بْنُ سَعِيدٍ، جَمِيعًا عَنْ إِسْمَاعِيلَ بْنِ جَعْفَرٍ، عَنْ أَبِي سُهَيْلٍ، عَنْ أَبِيهِ، عَنْ طَلْحَةَ بْنِ عُبَيْدِ اللهِ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِهَذَا الْحَدِيثِ نَحْوَ حَدِيثِ مَالِكٍ، غَيْرَ أَنَّهُ قَالَ: فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَفْلَحَ، وَأَبِيهِ إِنْ صَدَقَ، أَوْ دَخَلَ الْجَنَّةَ وَأَبِيهِ إِنْ صَدَقَ».

 

މިޙަދީޘް އިމާމު މާލިކުގެ އަރިހުން ރިވާކުރައްވާފައިވާ ފަދައިން އެހެން ސަނަދަކުން ރިވާވެގެން އައިސްފައިވެއެވެ. މި ރިވާޔަތުގައި ތަފާތުވަނީ މިބައެވެ.

(ޠަލްޙާ ބުން ޢުބައިދުﷲ) ވިދާޅުވިއެވެ. “ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭނާ އެކަމުގައި ތެދުވެރިވެއްޖެނަމަ، އޭނާގެ ބައްޕަ ގަންދީ ޙަދީޘްކުރައްވަމެވެ. [1]  އޭނާ ކާމިޔާބުވާނެއެވެ. ނުވަތަ އޭނާ އެކަމުގައި ތެދުވެރިވެއްޖެކަމުގައިވާނަމަ، އޭނާގެ ބައްޕަ ގަންދީ ޙަދީޘްކުރައްވަމެވެ. އޭނާ ސުވަރުގެ ވަންނާނެއެވެ.”

  _______________________

صحيح مسلم

 

[1] ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ އިސްލާމީ ޝަރީޢަތުގައި ނަހީކުރައްވާފައިވާ ކަމެކެވެ. މުސްލިމަކު ހުވައެއް ކުރަންޏާ ހުވާ ކުރަންވާނީ “ﷲ ގަންދީ ބުނަމެވެ.” މިފަދައިންނެވެ. މި ޙަދީޘްގައި މިވަނީ އެމީހާގެ ބައްޕަ ގަންދެއްވާ ނަބިއްޔާ صلى الله عليه وسلم އަށް ހުވާކުރެއްވިކަމަށް ރިވާކޮށްފައެވެ. މިމައްސަލާގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ރާޖިޙު ބަހަކީ މިލަފްޒު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުނުވާކަމަށެވެ. އަދި މި ޙަދީޘްގެ ޞައްޙަ ލަފްޒަކީ އިމާމު ބުޚާރީއާއި މުސްލިމާއި އަބޫދާވޫދާއި ނަސާއީއާއި އިމާމު އަޙްމަދު، وَأَبِيهِ މި ކަލިމަ ނުލާ އިމާމު މާލިކުގެ އަރިހުން ރިވާ ކުރައްވާފައިވާ ލަފްޒެވެ. އެއީ މިފޮތުގައިވެސް މިޙަދީޘްގެ ކުރިން އައިސްފައިވާ ލަފްޒެވެ. – والله أعلم – (ބައްލަވާ: تيسير العزيز الحميد لسليمان (ص: 513) ومجلة الدراسات العقدية (6/143))