[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުޢާ އިޖާބަކުރައްވާ ވަގުތުތަކާއި ޙާލަތްތައް – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ދުޢާ އިޖާބަކުރައްވާ ވަގުތުތަކާއި ތަންތަން ވަރަށް ގިނައެވެ. އެގޮތުން މިއީ އޭގެ ތެރެއިން ބައެއް ވަގުތުތަކާއި ތަންތަނެވެ.

 

  1. ލައިލަތުލް ޤަދްރި

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

قُلْتُ: يَا رَسُولَ اللهِ أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ القَدْرِ مَا أَقُولُ فِيهَا؟

قَالَ: ((قُولِي: اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي)).

[رواه الترمذي (3513)، والنسائي (7665)، وابن ماجه (3850)، وأحمد (25384)، وصححه الألباني في المشكاة (2091)]

މާނައީ: “ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޛިކުރެއް ހެއްޔެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަމަނާ މިފަދައިން ވިދާޅުވާށެވެ.

((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي))

(ދުޢާގެ މާނަ: “އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!”)”

 

  1. ދަންވަރު

((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي، فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ)).

[رواه البخاري (1145)]

މާނައީ: “ރޭގަނޑުގެ ތިންބައިން ފަހު ބައިގައި އަޅަމެންގެ މަތިވެރިވަންތަ ރައްބު، ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބާވޮޑިގެން ވަޙީކުރައްވައެވެ. “ތިމަން އިލާހަށް ދުޢާކުރަނީ ކާކު ހެއްޔެވެ؟ ފަހެ، ތިމަން އިލާހު އެމީހަކަށް އިޖާބަދެއްވާނަމެވެ. ތިމަންއިލާހުގެ ޙަޟްރަތުން ކަމަކަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ؟ ފަހެ، ތިމަންއިލާހު އެމީހަކަށް ދެއްވާނަމެވެ. ފާފަ ފުއްސެވުމަށްއެދި ތިމަން އިލާހަށް ދަންނަވަނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކަށް ތިމަން އިލާހު ފުއްސަވައިދެއްވާނަމެވެ.”

 

  1. ފަރުޟު ނަމާދުތަކުގެ ފަހުގައި  [1]

قِيلَ يَا رَسُولَ اللَّهِ: أَيُّ الدُّعَاءِ أَسْمَعُ؟ قَالَ: ((جَوْفَ اللَّيْلِ الآخِرِ، وَدُبُرَ الصَّلَوَاتِ المَكْتُوبَاتِ)).

[رواه الترمذي (3499) وقال: هَذَا حَدِيثٌ حَسَنٌ، وحسنه الألباني في المشكاة (2091)]

މާނައީ: “ﷲ ގެ ރަސޫލާ ގެ އަރިހުގައި ދެންނެވުނެވެ. އިޖާބަވުން އެންމެ ގާތީ ކޮން ދުޢާއެއް ހެއްޔެވެ. ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. ރޭގަނޑުގެ އެންމެ ފަހު ބައިގައި ކުރާ ދުޢާއާއި ފަރުޟު ނަމާދުތަކުގެ އެންމެ ފަހުގައި ކުރާ ދުޢާއެވެ.”

 

  1. ބަންގިއާއި ގަމަތާ ދެމެދު

((لَا يُرَدُّ الدُّعَاءُ بَيْنَ الْأَذَانِ وَالْإِقَامَةِ))

[رواه أبو داود (521) والترمذي (212)، وصححه الألباني في المشكاة (671)]

މާނައީ: “ބަންގިއާއި ޤަމަތާދެމެދު ކުރާ ދުޢާ ރައްދެއް ނުވާނެއެވެ.”

 

= ނުނިމޭ =

___________________________________

މިލިމުގެ އަޞްލު

 

މިލިޔުމުގެ އެހެންބައިތައް

 

[1]  އައްޝައިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ. “ނަމާދުގެ ފަހުގައި ދުޢާކުރުމަށް ވާރިދުވެފައިވާނަމަ، އެއީ ސަލާމްދިނުމުގެ ކުރިންނެވެ. އަދި ނަމާދުގެ ފަހުގައި ޛިކުރުކުރުމަށް ވާރިދުވެފައިވާނަމަ އެއީ ނަމާދު ނިމުމަށް ފަހުއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ. ﴿فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ﴾   [سورة النساء ١٠٣] މާނައީ: “އަދި ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން ﷲ ގެ ޛިކުރުކުރާށެވެ. އެއީ ކޮޅަށް ތިބޭ ޙާލުގައްޔާއި، އިށީނދެ ތިބޭ ޙާލުގައްޔާއި، އޮށޯވެގެން އޮންނަ ޙާލުގައެވެ. “ [ބައްލަވާ: كتاب الدعاء للشيخ محمد الحمد ص: 54]