-
ފަރުޟު ނަމަދުތަކަށް ގޮވާލެވޭ ހިނދު އަދި ހަނގުރާމައިގެ ސަފުތައް ތަރުތީބުކުރާ ހިނދު
((ثِنْتَانِ لَا تُرَدَّانِ، أَوْ قَلَّمَا تُرَدَّانِ الدُّعَاءُ عِنْدَ النِّدَاءِ، وَعِنْدَ الْبَأْسِ حِينَ يُلْحِمُ بَعْضُهُمْ بَعْضًا))
[رواه أبو داود (2540)، وصححه الألباني في المشكاة (672)]
މާނައީ: “ރައްދު ނުކުރެވޭ ނުވަތަ ވަރަށް މަދުން ނޫނީ ރައްދު ނުކުރެވޭ ދެކަމެއް ވެއެވެ. (އެއީ) ބަންގި ގޮވާ ވަގުތާއި ހަނގުރާމައިގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލާ އިރުގައި ކުރާ ދުޢާއެވެ.”
-
ވާރޭ ވެހޭ ހިނދު
އިސްވެ ދިޔަ ޙަދީޘްގައި ބައެއް ރިވާޔަތްތަކުގައި މިފަދައިންވެސް ވެއެވެ.
((وَوَقْتُ الْمَطَرِ))
[رواه أبو داود (2540)، وصححه الألباني في المشكاة (672)]
މާނައި: “އަދި ވާރޭ ވެހޭ ވަގުތުގައެވެ.”
-
ރޭގަނޑުގެ ވަގުތެއް
((إِنَّ فِي اللَّيْلِ لَسَاعَةً لَا يُوَافِقُهَا رَجُلٌ مُسْلِمٌ، يَسْأَلُ اللهَ خَيْرًا مِنْ أَمْرِ الدُّنْيَا وَالْآخِرَةِ، إِلَّا أَعْطَاهُ إِيَّاهُ، وَذَلِكَ كُلَّ لَيْلَةٍ))
[رواه مسلم 166 – (757)]
މާނައީ: “ހަމަކަށަވަރުން ރޭގަނޑުގައި ވަގުތެއް ވެއެވެ. އެވަގުތުގައި މުސްލިމަކު، ދުނިޔެއާއި އާޚިރަތުގެ ކަމެއްގައި ހެޔޮ ގޮތް އެދި ދެންނެވުމުން، އެކަމެއް އެމީހަކަށް ދެއްވާނެއެވެ. އަދި އެއީ ކޮންމެ ރެއެއްގައެވެ.”
-
ހުކުރު ދުވަހުގެ ވަގުތެއް
((فِي الجُمُعَةِ سَاعَةٌ، لاَ يُوَافِقُهَا عَبْدٌ مُسْلِمٌ قَائِمٌ يُصَلِّي، فَسَأَلَ اللَّهَ خَيْرًا إِلَّا أَعْطَاهُ))
[رواه البخاري (5294)، ومسلم 13 – (852)]
މާނައީ: “ހުކުރު ދުވަހު ވަގުތެއް ވެއެވެ. މުސްލިމަކު އެވަގުތުގައި ދުޢާކުރުމުގައި ދެމިހުރެ [1] ﷲ ގެ ޙަޟްރަތުން ހެޔޮކަމަށް އެދިއްޖެނަމަ އެކަމެއް ދެއްވާނެއެވެ.”
= ނުނިމޭ =
___________________________________
[1] ބައްލަވާ: فتح الباري لابن حجر (2/412).