-
ޒަމްޒަމް ފެން ބޯއިރު
((مَاءُ زَمْزَمَ لِمَا شُرِبَ لَهُ))
[رواه أحمد (14849)، وابن ماجه (3062)، وصححه الألباني في إرواء الغليل (1123)]
މާނައީ: “ޒަމްޒަމްފެންވަނީ އެ ބުއިކަމަކަށެވެ.”
-
ސަޖިދައިގައި
((أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ، وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ))
[رواه مسلم 215 – (482)]
މާނައީ: “އަޅާ އޭނާގެ ރައްބާ އެންމެ ކުއްތަންވެގެންވާ ވަގުތަކީ ސަޖިދައިގައިވާ ވަގުތެވެ. ފަހެ، (އެވަގުތު) ތިޔަބައިމީހުން ދުޢާކުރުން ގިނަ ކުރާށެވެ.”
-
ހާ ގޮވާ އަޑު އިވޭހިނދު
((إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا))
[رواه البخاري (3303)، ومسلم 82 – (2729)]
މާނައީ: “ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ. ފަހެ، ހަމަކަށަވަރުން އެއަށް މަލާއިކަތެއް ފެނިއްޖެއެވެ.”
-
﴿لَا إِلهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ﴾ މި ފަދައިން ދުޢާ ކުރުން
((دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الحُوتِ: ﴿لَا إِلهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ﴾، فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلَّا اسْتَجَابَ اللَّهُ لَهُ))
[رواه الترمذي (3505)، وصححه الألباني في صحيح الترغيب والترهيب (1644)]
މާނައީ: “ޛުއްނޫން (އެބަހީ: ޔޫނުސްގެފާނު) ބޮޑުމަހުގެ ބަނޑުގައި އޮންނެވިއިރު ކުރެއްވި ދުޢާއަކީ މިއެވެ.
“އިބައިލާހު މެނުވީ، އަޅުކަން ޙައްޤުވާ އިލާހަކު ނުވެއެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.”
ފަހެ، ހަމަކަށަވަރުން މުސްލިމަކު އެދުޢާއިން އެއްވެސް ކަމަކަށް ދުޢާކޮށްފިނަމަ، ﷲ އޭނާއަށް އިޖާބަކުރެއްވުން މެނުވީ ނުވެއެވެ.”
= ނުނިމޭ =
___________________________________