[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުޢާ އިޖާބަކުރައްވާ ވަގުތުތަކާއި ޙާލަތްތައް – 4

  1. މުޞީބާތެއް ކުރިމަތިވުމުން “﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾، اللهم أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا، إِلَّا أَخْلَفَ اللهُ لَهُ خَيْرًا مِنْهَا” މިފަދައިން ދުޢާކުރުން

((مَا مِنْ مُسْلِمٍ تُصِيبُهُ مُصِيبَةٌ، فَيَقُولُ مَا أَمَرَهُ اللهُ: ﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾ [سورة البقرة: 156]، اللهم أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا، إِلَّا أَخْلَفَ اللهُ لَهُ خَيْرًا مِنْهَا))

[رواه مسلم 3 – (918)]

މާނައީ: “މުސްލިމަކަށް މުޞީބާތެއް ކުރިމަތިވުމުން ﷲ އަމުރުކުރައްވާފައިވާ ފަދައިން: ﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾، اللهم أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا، إِلَّا أَخْلَفَ اللهُ لَهُ خَيْرًا مِنْهَا ކިޔައިފިމީހަކަށް އޭނާގެ މުޞީބާތަށް ފަހު، އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް އޭނާއަށް މެދުވެރިކޮށް ދެއްވާނެއެވެ.”

[ދުޢާގެ މާނައީ: “ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ، އެއިލާހުގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކެވެ. އޭ ﷲ! މިއަޅާއަށް ދިމާވެފައިވާ މުޞީބާތުން ސަލާމަތް ކުރައްވައިފާނދޭވެ. އަދި އެއަށްވުރެ ހެޔޮ ރަގަނޅު ގޮތެއް މިއަޅާއަށް މެދުވެރި ކުރައްވާފާނދޭވެ.”]

 

  1. މައްޔިތާގެ ފުރާނަ ހިއްޕެވުމުން މީސްތަކުން ކުރާ ދުޢާ

އަބޫ ސަލަމާ رضي الله عنه އަވަހާރަވުމުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ ދެލޯފުޅުވަނީ ހުޅުވިފައެވެ. ދެން އެކަލޭގެފާނުގެ ލޯފުޅު ލައްޕުވާލެއްވުމަށް ފަހު ޙަދީޘްކުރެއްވިއެވެ.

((إِنَّ الرُّوحَ إِذَا قُبِضَ تَبِعَهُ الْبَصَرُ))، فَضَجَّ نَاسٌ مِنْ أَهْلِهِ، فَقَالَ: ((لَا تَدْعُوا عَلَى أَنْفُسِكُمْ إِلَّا بِخَيْرٍ، فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ))

[رواه مسلم 7 – (920)]

މާނައީ: “ހަމަކަށަވަރުން ފުރާނަ ހިއްޕެވޭ ހިނދު، ލޮލުގެ ބެލުން އެއަށް ތަބާވެއެވެ.” ފަހެ، (އެފަދައިން ޙަދީޘްކުރެއްވުމުން) އެކަލޭގެފާނުގެ (އެބަހީ: އަބޫ ސަލަމާގެ) އަހުލުން ކުރެ ބައެއްގެ އަޑުތައް އުފުލިގެން ދިޔައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ނަފްސުތަކަށް ހެޔޮކަމަކަށް މެނުވީ ދުޢާ ނުކުރާށެވެ. ފަހެ، މަލާއިކަތުން ތިޔަބައިމީހުންގެ ދުޢާއަށް އާމީން ވިދާޅުވާނެއެވެ.”

 

  1. ބަލިމީހާގެ ކައިރީގައި ކޮށްދޭ ދުޢާ

عَنْ أُمِّ سَلَمَةَ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((إِذَا حَضَرْتُمُ الْمَرِيضَ، أَوِ الْمَيِّتَ، فَقُولُوا خَيْرًا، فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ))،

قَالَتْ: فَلَمَّا مَاتَ أَبُو سَلَمَةَ أَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُلْتُ: يَا رَسُولَ اللهِ إِنَّ أَبَا سَلَمَةَ قَدْ مَاتَ،

قَالَ: ((قُولِي: اللهم اغْفِرْ لِي وَلَهُ، وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً))،

قَالَتْ: فَقُلْتُ، فَأَعْقَبَنِي اللهُ مَنْ هُوَ خَيْرٌ لِي مِنْهُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ.

[رواه مسلم 6 – (919)]

މާނައީ: އުންމު ސަލަމާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ބަލިމީހެއްގެ ނުވަތަ މައްޔިތެއްގެ ގާތަށް ދާހިނދު ހެޔޮ ބަސް ބުނާށެވެ. ފަހެ، މަލާއިކަތުން ތިޔަބައިމީހުން ބުނާ އެއްޗަކަށް އާމީން ވިދާޅުވާނެއެވެ.”

އެކަމަނާ ވިދާޅުވިއެވެ. އަބޫ ސަލަމާ އަވަހާރަވުމުން ތިމަންކަމަނާ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ދިޔައީމެވެ. ފަހެ، ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން އަބޫ ސަލަމާ އަވަހާރަވެއްޖެއެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ވިދާޅުވާށެވެ.

اللهم اغْفِرْ لِي وَلَهُ، وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً

[ދުޢާގެ މާނައީ: “އޭ ﷲ މިއަޅާއަށާއި އޭނާއަށް ފާފަ ފުއްސަވާނދޭވެ. އަދި އެކަލޭގެފާނަށް ފަހު ތިމަންނާއަށް ހެޔޮ ގޮތް މެދުވެރިކުރައްވާނދޭވެ!]

އެކަމަނާ ވިދާޅުވިއެވެ. ފަހެ، ތިމަން ކަމަނާ އެފަދައިން ވިދާޅުވީމެވެ. (އެބަހީ: އެފަދައިން ދުޢާ ކުރެއްވީމެވެ.) ފަހެ، ﷲ ތަޢާލާ ތިމަންކަމަނާއަށް (އަބޫ ސަލަމާއަށްވުރެ) ހެޔޮ މީހަކު ދެއްވިއެވެ. އެއީ މުޙައްމަދު صلى الله عليه وسلم އެވެ.”

 

  1. އަނިޔާލިބިފައިވާ މީހާގެ ދުޢާ

((وَاتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ))

[رواه البخاري (4347)، ومسلم 29 – (19)]

މާނައީ: “އަދި އަނިޔާ ލިބިފައިވާމީހާގެ ބަދުދުޢާއިން ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ އެ ބަދުދުޢާއާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވެއެވެ.”

 

= ނުނިމޭ =

___________________________________

މިލިމުގެ އަޞްލު

 

މިލިޔުމުގެ އެހެންބައިތައް