[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 3

މަލާއިކަތުންނަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނަ

މަލާއިކަތުންނަށް އީމާންވުމޭ ބުނެވެނީ އެބޭކަލުންނަކީ ވުޖޫދުގައި ވާ ބައެއްކަން ޖުމުލަގޮތެއްގައި އިޢުތިޤާދު ކުރުމަށެވެ. އަދި ޤުރްއާނާއި ސުންނަތުގައި އެބޭކަލުންގެ ނަންފުޅުތަކުގެ ތެރެއިން ނުވަތަ ޞިފަފުޅުތަކުގެ ތެރެއިން ނުވަތަ އެބޭކަލުންގެ ވަޒީފާތަކުގެ ތެރެއިން ޛިކުރުކުރައްވާފައިވާކަން ޘާބިތުވާ ކަންކަމަށް ފުރިހަމައަށް އީމާންވުމަށެވެ.

މުޙައްމަދު ބުނު ނަޞްރު އަލްމިރްވަޒީ رحمه الله އެކަލޭގެފާނުގެ ފޮތް “ތަޢުޡީމް ޤަދުރުއް ޞަލާތު”ގައި ޙަދީޘުލް ޖިބްރީލް [1] ބަޔާންކުރެއްވުމަށް ފަހު މަލާއިކަތުންނަށް އީމާންވުން ޝަރަޙަކުރައްވާ ވިދާޅުވިއެވެ. “ފަހެ އެއީ އެބޭކަލުންގެ ތެރެއިން ތިބާއަށް ނަންފުޅުތައް ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވާ ބޭކަލުންނަށް އީމާންވުމާއި، ﷲ ތަޢާލާއަށް ހުރިހާ މަލާއިކަތުންނަކީވެސް ހަމަހަމަ ވެގެންވާ ބޭކަލުންތަކެއްކަމަށް އީމާންވުމާ އަދި އެބޭކަލުންގެ ޢަދަދު އެބޭކަލުން އުފެއްދެވި ފަރާތަށް މެނުވީ ނޭނގޭނެކަމަށް އީމާންވުމެވެ.” [2]


[1] ޙަދީޘުލް ޖިބްރީލް އަކީ ކޮބައިކަން މުޤައްދިމާގައި ބަޔާންވެ ހިނގައްޖެއެވެ.

[2] ތަޢުޡީމު ޤަދުރުއް ޞަލާތު.

 

މިލިޔުމުގެ އެހެން ބައިތައް