[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (20)

4- ދަރިންގެ މައްޗަށް މާމައިންނާއި ކާފައިންގެ ބާރު ކުޑަވުމާއި، ބޮޑުބޭބެއިންނާއި ބޮޑުދައިތަމެންގެ ބާރުވެސް ނެތިކޮށްލުން. މިގޮތަށް ކަންތައްކުރަނީ މައިންބަފައިންނަށް، އެމީހުންގެ ދަރިން ތަރުބިއްޔަތުކުރުމުގައި ވެވޭ އިހުމާލު ކުޑަވީމައިތޯއެވެ. އަދި އެމީހުންގެ ދަރިންގެ ކުރިމަތީގައި އެމީހުންގެ ބަސްނުވިކޭ އިރު، ދަރިންނަށް ރަނގަޅު ގޮތް ދައްކައިދީ، އަދި ފައިދާހުރި ގޮތުގައި އެކުދިންގެ ކަންކަމުގެ ތެރެއަށް ވަނުން، އެމީހުން މިވަނީ މާމަމެންނާއި، ކާފަމެންނާއި ޢާއިލާގެ ބޮޑެތި މީހުންނަށް މަނާކޮށްފައެވެ. މާމަމެންނާއި ކާފަމެން އެމީހުންގެ ކާފަދަރިން، އެމީހުންގެ ދަރިންނަށް ކިޔަމަންތެރިވެ، އޯގާތެރިވުމަށް މަގު ދައްކައެވެ. އެހެންކަމުން، އެކާފަދަރިންގެ މައްޗަށް އެމީހުންގެ ބަސްނުވިކެންވީ ކީއްވެބާއެވެ؟!

މިތާނގައި މިބަޔާންކުރެވެނީ ކޮންމެ ދުވަހަކު، އެކުދިންގެ ކަންކަމުގެ ތެރެއަށް މާމަމެން ވަންނަ ވާހަކައެއް ނޫނެވެ. މިގޮތަށް ކަންތައްކުރުމަކީ ތަރުބިއްޔަތުކުރުމަށް ހުރަސްއެޅޭނެ، އަދި އެކުދިންގެ ބައްޕައިންގެ ބާރު ކުޑަކޮށްލާނެކަމެކެވެ. ބައްޕައިންގެ ބާރަކީ އެކުދިންގެ މައްޗަށް ހިނގާނެ އެންމެ އަސާސީ ބާރެވެ. އަދި ފާހަގަކޮށްލަންޖެހޭ ކަމަކީ ކާފަމެންގެ ފަރާތުން އަންނަ ކޮންމެ ކަމަކީ އެދެވިގެންވާނެ ކަމެއް ނޫނެވެ. އަދި އެމީހުން ބައެއް މައްސަލަތަކުގެ ތެރެއަށް ވަދެފިނަމަ މައްސަލަ އިތުރަށް ގޯސްވުންވެސް އެކަށީގެންވެއެވެ. އެހެނަސް އެމީހުންނަކީ ދުރު ވިސްނޭ އަދި ދިރިއުޅުމުގެ ތަޖުރިބާ ގިނަ ބައެއް ކަމެވެ. އެހެންކަމުން، މައިންބަފައިންގެ ބަސްތަކަށްވުރެ، މާމަމެންގެ އިސްލާހުކުރަން ބުނާކަންކަމަކީ ކުޑަކުދިންނަށް އެއިން މަންފާކުރާނެ، އަދި އެކުދިންގެ އުޅުން ރަނގަޅު ކޮށްދޭނެ ކަންކަމެވެ.

ބޮޑެތި މީހުން ދައްކައިދޭ ރަނގަޅުގޮތާއި، މައިންބަފައިން ބަހާއި ދިމާވާނަމަ ދަރިން ތަރުބިއްޔަތުކުރުމުގެ މަސައްކަތް ވަރަށް ފަސޭހަވެގެންދާނެއެވެ. އަދި ދަރިފުޅަށް އެއިން އިހުސާސްވާނީ އެލިބޭ ނަސޭހަތްތަކަކީ ވަރަށް އެއްގޮތް އަދި ފައިދާހުރި އެއްޗެއްކަމެވެ. އެހެންކަމުން، އެނަސޭހަތްތަކަށް ތަބާވަން އޭނާއަށް ފަސޭހަވާނެއެވެ.

އެހެންކަމުން އެންމެހައި ތަރުބިއްޔަތުކުރުމުގެ އަހުލުވެރިން މިކަމާ ފުންކޮށް ވިސްނާލުމަކީ ރަނގަޅުކަމެކެވެ. އަދި މައިންބަފައިން، މާމަމެންނާއި ކާފަމެންގެ ޙިކުމަތްތެރިކަމަށާއި، އެމީހުންނަށް ލިބިފައިވާ ދިރިއުޅުމުގެ ތަޖުރިބާތަކަށް އިތުބާރުކުރާށެވެ. އަދި ދަރިންގެ ކަންކަން އިޞްލާޙުކުރުމުގެ ހުއްދަ އެމީހުންނަށް ދޭށެވެ. އަދި ބައެއް ވަގުތުތަކުގައި، ރިވެތި އަދި ހެޔޮ ގޮތުގައި އެކުދިންގެ ކަންކަމުގައި ބަސްބުނެ ވިސްނައި ދިނުމަށް އެމީހުންނަށް ފުރުޞަތުދޭށެވެ. މިއީ ތިޔަ މައިންބަފައިންނާއި ދަރިންގެ އިޞްލާޙަށްޓަކައި ކުރާ ކަމެކެވެ. ދަރިންގެ ކުރިމަތީގައި އާއިލާގެ ބޮޑެތި މެމްބަރުންގެ އަގު ދަށްކޮށްނުލާށެވެ. އެހެނެއްކަމަކު އެމީހުންނާ ބެހޭގޮތުން އިޙްތިރާމާއެކު ވާހަކަދައްކާށެވެ. އަދި އެމީހުން ދޭ ހެޔޮލަފާ އިރުޝާދުގެ އަގު ވަޒަންކުރާށެވެ.

އޭ އެންމެހައި ގާތްތިމާގެ މީހުންގެ ތެރޭގައިވާ ދޮށީ އުމުރުގެ މީހުންނޭވެ! ދަރިން ތަރުބިއްޔަތުކުރުމުގައި އެކުދިންގެ މައިންބަފައިންނަށް އެހީތެރިވެދޭށެއެވެ. އަދި ދަރިންގެ ހުންނަ އެކިއެކި މައްސަލަތަކާބެހޭ މަޝްވަރާތައް ކޮށް، އެކަމަށް ޙައްލުތައް ހޯދުމަށް އެހީތެރިވެދޭށެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު އެމީހަކު އަމިއްލައަށް ދަރިންތަރުބިއްޔަތުކުރެވޭނެ ކަމަށް މިފަދައިން ނުބުނާށެވެ. “އަހަރެންގެ ދަރިން ތަރުބިއްޔަތު ކޮންމެ ގޮތަކަށް ކުރުމަށް އަހަރެންނަށް މިނިވަންކަން އެބައޮތެވެ.” އަދި މިފަދައިން ބުނެ، އެހެންމީހުން ތިބާގެ ދަރިންނާބެހޭ ގޮތުން ތިބާގެ ސަމާލުކަމަށް ގެންނަކަންކަމާމެދު އިހުމާލުނުވާށެވެ. އެހެނީ، އެދަރިން ތަރުބިއްޔަތުކުރުމުގައި ތިބާއަށް ފުރިހަމަ މިނިވަންކަމެއް ނޯންނާނެއެވެ. އެއީ ތިބާގެ ދަރިންނަކީ އެމީހުންގެ ކާފަދަރިން ނުވަތަ ތިމާގެ ކުދިންނެވެ. އެހެންކަމުން، ތިޔަ މައިންބަފައިން ދަރިން ތަރުބިއްޔަތުކުރުމުގައި ހެދޭ ގޯހެއްގެ ސަބަބުން އެމީހުންގެ އެހެން ގާތްތިމާގެ މީހުންނާއި އެހެން ކާފަދަރިންނަށް އޭގެ ނޭދެވޭ އަސަރުކޮށް، އެކުދިން ފަސާދަވުމަށްވެސް މަގުފަހިވާނެއެވެ. އެއީ ކުދިންގެ އުޅުމަށް އެންމެ ބޮޑަށް އަސަރުކުރަނީ ގާތްތިމާގެ ކުދިންގެ ފަރާތުން ކަމުގައިވާތީއެވެ. އަދި މައިންބަފައިންގެ ފަރާތުން އެކި އުމުރުތަކާއި އެކި ޝަޚުޞިއްޔަތުގެ ކުދިންނަށް އަސަރުކުރާ ވަރަށް ވުރެބޮޑަށް ގާތްތިމާގެ ކުދިންގެ ފަރާތުން އަސަރުކުރެއެވެ. އެހެންކަމުން، މިކަމަށް ހުޝިޔާރުވެ ވިސްނާށެއެވެ. އަދި ކޮންމެ އާއިލާގެ ގާތްތިމާގެ މީހުންނާމެދުވެސް މީހުން ދެކެނީ އެއީ އެއްބައެއް ކަމުގައެވެ. އެހެންކަމުން އާއިލާއަށް ނިސްބަތްވާ އެންމެ ފަރުދެއްގެ ކުށަކުންވެސް މުޅި އާއިލާއަށް އޭގެ ގެއްލުންލިބި، އެހެންމީހުންގެ ކުރިމަތީގައި މުޅި އާއިލާގެ ތަޞައްވުރު ހަޑިވެގެންދާނެއެވެ.

_____________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!