މަލާއިކަތުންނަށް އިންކާރުކުރުމުގެ ޙުކުމް
މަލާއިކަތުންނަށް އިންކާރުކޮށް އެބޭކަލުންނަށް އީމާން ނުވާ މީހުން، ﷲ ތަޢާލާ ޞިފަކުރައްވާފައި ވަނީ ބޮޑުވެގެންވާ ގެއްލުމަކުން ގެއްލެނިވެގެންވާ ބައެއްގެ ގޮތުގައެވެ. އެއިލާހު ވަޙީކުރެއްވިއެވެ؛ ﴿وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا﴾ النساء: ١٣٦ މާނައަކީ [އަދި ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހު ފޮނުއްވި ރަސޫލުންނަށާއި އާޚިރަތް ދުވަހަށް ކާފަރުވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.]
މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ އަސާސީ ރުކުނަކަށް ވީހިނދު އެބޭކަލުންނަށް އީމާންނުވާ މީހާއަކީ ކާފިރެކެވެ.