[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 13

4.      الملأ الأعلى (މަތިވެރިވެގެންވާ ޖަމާޢަތް)

މިނަމުން އެބޭކަލުންނަށް ނަންދެވިފައިވާ ސަބަބަކީ އެބޭކަލުންނަކީ މަތީގައިވާ ބޭކަލުންތަކަކަށް ވާތީއެވެ. އެހެނީ އެބޭކަލުން ދިރިއުޅުއްވަނީ އުޑުތަކުގައެވެ.

﴿لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ﴾ الصافات: ٨ މާނައަކީ [މަތިވެރިވެގެންވާ ޖަމާޢަތުން ދައްކަވާ ވާހަކަފުޅަށް އަޑުއެހުމަކަށް އެ ޝައިޠާނުންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި ހުރިހާ ފަރާތަކުން އެ ޝައިޠާނުންނާ ދިމާއަށް ގިނިހިލަ އުއްކަވާނެއެވެ.]

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ؛ ﴿مَا كَانَ لِيَ مِنْ عِلْمٍ بِالْمَلَإِ الْأَعْلَىٰ إِذْ يَخْتَصِمُونَ﴾ ص: ٦٩ މާނައަކީ [މަތިވެރިވެންވާ ޖަމާޢަޠުގެ މެދުގައި ވާހަކަ ދެކެވުނު ހިނދު (ވަޙީގެ ޛަރިއްޔާއިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެއެވެ.]

 

5.      الأشهاد (ހެކިވެރިން)

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ؛ ﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ۚ أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ﴾ هود: ١٨ މާނައަކީ [ﷲއާއި މެދު ދޮގެއް ހެދި މީހަކަށް ވުރެ، އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟ އެއުރެންގެ ވެރި އިލާހުގެ ޙަޟްރަތަށް އެއުރެން ހުށަހެޅޭނެއެވެ. އަދި ހެކިން ބުނާނެއެވެ. އެއުރެންގެ ވެރި އިލާހާއިމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲގެ ލަޢުނަތް ހުއްޓެވެ.] މިއާޔަތުގެ ތަފްސީރުގައި އިބްނު ޖަރީރު رحمه الله ވިދާޅުވެފައިވަނީ މިއާޔަތުގައި ބަޔާންވެގެންވާ (الْأَشْهَادُ)ގެ މާނައަކީ މަލާއިކަތް ބޭކަލުން ކަމުގައެވެ.

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ؛ ﴿إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ﴾ غافر: ٥١ މާނައަކީ [ހަމަކަށަވަރުން، ތިމަންއިލާހު ރަސޫލުންނަށާއި، އީމާންވިމީހުންނަށް، ދުނިޔޭގެ ޙަޔާތުގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: ޤިޔާމަތް ދުވަހުގައި) ނަޞްރު ދެއްވާހުށީމެވެ.] މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވަނީ (الْأَشْهَادُ) އެއީ މަލާއިކަތް ބޭކަލުން ކަމުގައެވެ.

މިލިޔުމުގެ އެހެން ބައިތައް