2. ميكائيل – عليه السلام –
މަލާއިކަތުންގެ ނަންފުޅުގެ ތެރެއިން މީކާއީލް – عليه السلام – ގެ ނަންފުޅަކީވެސް ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާ ނަންފުޅުކެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ﴾ البقرة: ٩٨ މާނައަކީ [ﷲއާއި އެއިލާހުގެ މަލާއިކަތުންނާއި، އެއިލާހުގެ ރަސޫލުންނަށް، ޖިބްރީލްގެފާނާއި، މީކާއީލްގެފާނަށް ޢަދާވާތްތެރިއަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ ކާފިރުންނަށް ޢަދާވާތްތެރި ވޮޑިގެންވާ އިލާހެވެ.]
3. مالك عليه السلام
މާލިކް عليه السلام އަކީ ނަރަކައިގެ ބަނޑޭރިއެވެ. އެކަލޭގެފާނުގެ ވާހަކަ ޛިކުރުކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ﴾ الزخرف: ٧٧
މާނައަކީ [އެއުރެން ގޮވާނެއެވެ. އޭ މާލިކުގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުގައި ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުނަކީ (ޢަޛާބުގައި) ދެމި ތިބޭނޭ ބަޔެކެވެ.]
އެކަލޭގެފާނަކީ ނަރަކައިގެ ބަނޑޭރިކަމަށް އިބްނު ޖަރީރާއި ޤުރްޠުބީ رحمهما الله ވިދާޅުވެފައިވެއެވެ.
މީކާއީލް عليه السلام އާއި މާލިކް عليه السلامވ ެސް، ކީރިތި صلى الله عليه وسلمއަށް އިސްރާއާއި މިޢުރާޖުގެ ރޭގައި ދެކެވަޑައިގެންނެވިއެވެ. ސަމްރަތު ބިން ޖުންދުބް رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. « رَأيتُ اللَّيْلَةَ رَجْلَينِ أَتَيَانِي قَالَا: الَّذِي يُوقِدُ النَّارَ مَالِكٌ خَازِنُ النَّارِ، وَأَنَـا جِبْرِيلُ وَهّذَا مِيكَائِيلُ »[1]
މާނައަކީ [ތިމަންކަލޭގެފާނުގެ އަރިހަށް އެރޭގައި (އިސްރާއާއި މިޢުރާޖުގެ ރޭގައި) ވަޑައިގެންނެވި ދެބޭކަލުން ދެކެވަޑައިގެންނެވީމެވެ. ފަހެ ވިދާޅުވިއެވެ. ނަރަކައިގެ އަލިފާންގަނޑު ރޯކުރައްވާ ބޭކަލަކީ މާލިކް އެވެ. އެއީ އެތަނުގެ ބަނޑޭރިއެވެ. އަދި ތިމަންކަލޭގެފާނަކީ ޖިބްރީލްއެވެ. އަދި (ތިމަންކަލޭގެފާނުގެ އަރިހުގައި) މިއީ މީކާއީލްއެވެ.]
[1] ރަވާހުލް ބުޚާރީ