[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 85

އަލްމުސްނަދުގައިވާ ޙަދީޘްްތަކުގެ ދަރަޖަ:

 

الحافظ أبو القاسم التميمي – رحمه الله – ވިދާޅުވިއެވެ.

“އޭގައި ބަލިކަށި ޙަދީޘްވެއޭ ނުބުނެވޭނެއެވެ. އަދި ކިއެއް ހެއްޔެވެ. އޭގައިވަނީ ޞައްޙަ ޙަދީޘާއި މަޝްހޫރު ޙަދީޘާއި ޙަސަން ދަރަޖައިގެ ޙަދީޘާއި ޣަރީބު ޙަދީޘެވެ. [1]  

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“މުސްނަދުގައި މައުޟޫޢު (މީހުން ހަދާފައިވާ) ޙަދީޘެއް ވޭ ތޯ ޢިލްމުވެރިން ބަޙުޘްކުރައްވާފައިވެއެވެ. އެގޮތުން (ޙަދީޘްގެ) ޙާފިޡުންގެ ތެރެއިން أبو العلاء الهمداني އަދި އެހެން ބޭކަލުންވެސް ވިދާޅުވަނީ އޭގައި މައުޟޫޢު ޙަދީޘެއް ނުވާކަމުގައެވެ. އަދި ބައެއް ޢިލްމުވެރިން – މިސާލަކަށް އިބްނުލް ޖައުޒީ – ވިދާޅުވަނީ، އޭގައި މައުޟޫޢު ޙަދީޘްތައްވެސް ވާކަމުގައެވެ.” [2]

ދެން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ރަނގަޅަށް ތަޙުޤީޤުކުރުން އެނގިގެންދަނީ މި ދެބަސްފުޅުގައި ތަޢާރުޟެއް ނުވާކަމުގައެވެ. އެހެނީ ‘މައުޟޫޢު’ (ހަދާފައިވާ)، މި ލަފްޒު ދެ ގޮތަކަށް ބޭނުންކުރެއެވެ. ބައެއް ފަހަރު އޭގެ މާނައަކީ ދޮގެހަދައިގެން މީހަކު ހަދާފައިވާ އެއްޗެކެވެ. މިފަދަ ޙަދީޘެއް މުސްނަދުގައި ނުވެއެވެ. އަނެއް މާނައަކީ އެޚަބަރު ނަފީވާކަން އެނގިގެން ދިޔުމެވެ. އެއީ އެ ޚަބަރު ގެންނަ މީހާ ދޮގު ނުހެދިޔަސް އޮޅިފައި ވުމެވެ. މިފަދަ ޙަދީޘްތައް މުސްނަދުގައިވެއެވެ. އަދި ކިއެއް ހެއްޔެވެ. އަބޫ ދާވޫދުގެ ސުނަނުގައްޔާއި ނަސާއީގެ ސުނަނުގައިވެސް މިފަދަ ޙަދީޘްތަކެއް ވެއެވެ.” [3]

އަދި “تعجيل المنفعة” އޭ ކިޔުނު ފޮތުގެ މުޤައްދިމާގައި އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ.

” “مسند أحمد” ގައި އެއްވެސް އަޞްލެއް ނުވާ ޙަދީޘްތަކުގެ ޢަދަދަކީ ތިން ޙަދީޘް ނުވަތަ ހަތަރު ޙަދީޘެވެ. އޭގެ ތެރޭގައި ޢަބްދުއްރަޙްމާނު ބުން ޢައުފުގެ ޙަދީޘް ހިމެނެއެވެ. އޭގައި ވަނީ:

أنَّهُ يَدْخُلُ الجَنَّةَ زَحْفاً

މާނައި: “ހަމަކަށަވަރުން އެކަލޭގެފާނު ސުވަރުގެއަށް ވަންނާނީ ފިރުކިފައެވެ.”

މިކަމުގައި އިމާމް އަޙްމަދަށް ވާ ޢުޛުރަކީ އެކަލޭގެފާނު އެ ޙަދީޘް ލިޔުއްވި ދުވަސްވަރަކީ އެކަލޭގެފާނަށް ތަޅާ އަނިޔާކުރެވުނު ދުވަސްވަރެވެ. އެހެންކަމުން އެއިން އަސަރުކޮށް އެކަލޭގެފާނަށް އޮޅިވަޑައިގަތީއެވެ.”

 

= ނުނިމޭ =


އެހެނިހެން ބައިތައް

[1] شمس الدين ابن الجزري: المصعد الأحمد ص: 34 – 35 من مقدمة المسند بتحقيق الشيخ أحمد شاكر.

[2]  شيخ الإسلام ابن تيمية: مجموع الفتاوى (18 / 26) ، شمس الدين ابن الجزري: المصعد الأحمد (ص:34 – 35) من مقدمة المسند بتحقيق الشيخ أحمد شاكر.

[3] المصدر السابق.