[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 20

ނަރަކައިގެ ބަނޑޭރިކަން؛

ﷲ ތަޢާލާއަށް އުރެދުނު މީހުންނަށް ޚާއްޞަކުރެވިފައިވާ ނަރަކައިގެ ބަނޑޭރިންގެ ވާހަކަ ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ﴾ التحريم: ٦ މާނައަކީ [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި އަދި ގަދަފަދަ މަލާއިކަތުން ވެއެވެ.]

ނަރަކައިގެ ބަނޑޭރިއަކީ ‘مالك’ عليه السلام ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ﴾ الزخرف: ٧٧  މާނައަކީ [އެއުރެން ގޮވާނެއެވެ. އޭ މާލިކުގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (ޢަޛާބުގައި) ދެމިތިބޭނެ ބަޔެކެވެ.]

 

ވިލާތަކާއި ވިއްސާރަ؛

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَالصَّافَّاتِ صَفًّا ‎﴿١﴾‏ فَالزَّاجِرَاتِ زَجْرًا ‎﴿٢﴾﴾ الصافات: ١ – ٢  މާނައަކީ [ސަފުސަފަށް ތިއްބަވާ މަލާއިކަތުންނާއި އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ މަލާއިކަތުން ގަންދެއްވާ ވަޙީކުރައްވަމެވެ.]

މުޖާހިދުއާއި رحمه الله ގެ ފަރާތްޕުޅުން ވާރިދުވެފައިވާ ގޮތުގައި މި އާޔަތުގާއެވާ ‘ﭔ’ އަކީ ﷲ ތަޢާލާގެ އަމުރުފުޅަށް، ވިލާގަނޑުތައް އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް ތިއްބަވާ މަލާއިކަތުންނެވެ.[1]


[1] އިބްނު ކަޘީރު

 

މިލިޔުމުގެ އެހެން ބައިތައް