[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 21

ފަރުބަދަތަކުގެ ކަންކަން؛

ފަރުބަދަތަކުގެ މަލާއިކަތާގެ ޚަބަރު ޞައްޙަމަގުން ޘާބިތުވެގެން ވެއެވެ. އެގޮތުން ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވެއެވެ. ޠާއިފުގެ ދަތުރުފުޅުން ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ހިތާމައިގައި އެނބުރި މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި ރަސޫލާ صلى الله عليه وسلم އަށް ޖިބްރީލްގެފާނު ފެނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. [މާތް ﷲ ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނަށް ރައްދުކުރިބަސްތައް އަޑުއައްސަވާ ވޮޑިގެންފިއެވެ. އަދި އެމީހުން ކަލޭގެފާނުގެ ބަސްފުޅުތަކަށް ރައްދުދިން ގޮތްވެސް މެއެވެ. މާތް ﷲ ކަލޭގެފާނުގެ އަރިހަށް ފަރުބަދަތަކުގެ މަލާއިކަތާ ފޮނުއްވިއެވެ. އެއީ ކަލޭގެފާނު އަމުރުކުރައްވާ ކަމެއް ކުރެއްވުމަށެވެ.]

 

ތާޅަފިލި ފުންމެވުން؛

މިއީ ޤިޔާމަތުގެ އެންމެ ބޮޑެތި، އަދި އެންމެ ފަހުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަމަށްޓަކައި ހުންނަވާ މަލާއިކަތާ، ﷲ ތަޢާލާގެ އަމުރުފުޅު އައުމަށް ދާންދެން އެކަމަށް ތައްޔާރުވެވަޑައިގެން ހުންނަވާނެއެވެ. މިކަމަށް އިޝާރާތްކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿فَإِذَا نُفِخَ فِي الصُّورِ فَلَا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ﴾‏ المؤمنون: ١٠١

މާނައަކީ [ފަހެ، ތާޅަފިލި ފުމެލައްވައިފި ހިނދު، ފަހެ، އެއުރެންގެ މެދުގައި އެދުވަހަކުން ނަސަބުތަކެއް ނޯންނާނެއެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށް އެދި ސުވާލެއްވެސް ނުމެކުރާނެއެވެ.]

﴿وَنُفِخَ فِي الصُّورِ ۚ ذَٰلِكَ يَوْمُ الْوَعِيدِ﴾‏ ق: ٢٠

މާނައަކީ [(އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެއެވެ. އެއީ (ކާފަރުންނަށް ޢަޛާބުގެ) ވަޢީދު އަންނަ ދުވަހެވެ].


މިލިޔުމުގެ އެހެން ބައިތައް