[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 22

އާދަމުގެ ދަރީންނާއި ގުޅުންހުރި ކަންކަން:

އާދަމުގެ ދަރީންނާ ގުޅުންހުރި ބައެއް ކަންކަން ކުރެއްވުމަށް ﷲ ތަޢާލާވަނީ މަލާއިކަތުންނަށް ޙަވާލުކުރައްވާފައެވެ.

 

ﷲ ތަޢާލާ އާއި އަޅާއާއި ދެމެދުގައިވާ ރަސޫލުންގެ ގޮތުގައިވުން؛

ﷲ ތަޢާލާގެ ދީން ބަޔާންކޮށްދެއްވުމާއި ތަފާތު މުޢުޖިޒާތްތަކާއި ކަރާމާތް ދެއްކެވުމަށްޓަކާ މަލާއިކަތުން އިންސާނުންގެ ގާތަށް ވަޑައިގަންނަވައެވެ.

 

ވަޙީއާއިގެން ވަޑައިގަތުން؛

މިއީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ހޮއްވަވާ އިޚްތިޔާރުކުރައްވާފައިވާ ނަބިއްޔުންނާއި ރަސޫލު ބޭކަލުންގެ ގާތަށް ވަޑައިގެން އެއިލާހުގެ ބަސްފުޅުތައް އިއްވެވުމެވެ.

 

ނަބިއްޔުންނާއި ރަސޫލުން ފިޔަވާ ދެން ތިބި އިންސާނުން ގާތަށް ވަޑައިގަތުން؛

އިންސާނުންގެ ތެރެއިން ބައެއް މީހުންގެ ގާތަށް މަލާއިކަތުން ފައިބާ ވަޑައިގަންނަވައެވެ. އެގޮތުން ޢީސާގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށްޓަކާ ޖިބްރީލް عليه السلام، މަރްޔަމްގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި ބަރަޞްބަލި ޖެހިފައިވާ މީހާއާއި (ބައްޔެއްގެ ސަބަބުން) ތަލަވެފައިވާ މީހާގެ ގާތަށާއި ލޯފަން މީހާގެ ގާތަށް، އެބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކާ މަލާއިކަތުން ވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ބައެއް މީހުންނަށް ޢަޛާބު ދެއްވުމަށްވެސް މަލާއިކަތުން ފައިބާވަޑައިގަންނަވައެވެ.


މިލިޔުމުގެ އެހެން ބައިތައް