[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 87

ޢިލްމުވެރިން މުސްނަދު އަޙްމަދަށް ދެއްވާފައިވާ އަހަންމިއްޔަތު:

 

  1. الأطراف ގެ ފޮތްތައް ހުންނަ ގޮތަށް، ޞަޙާބީ ބޭކަލުންނާއި އެބޭކަލުންގެ އަރިހުން ރިވާކުރެއްވި ބޭކަލުންގެ ތަރުތީބުން الحافظ أبو بكر محمد بن عبد الله بن المحب الصامت ވަނީ މި ފޮތް ތަރުތީބުކުރައްވާފައެވެ.
  1. ابن المحب الصامت ތަރުތީބުކުރައްވާފައިވާ ފޮތަށް الحافظ أبو الفداء عماد الدين إسماعيل بن عمر بن كثير – رحمه الله تعالى – ވަނީ “الكتب الستة”، و “مسند البزار”، و “مسند أبي يعلى الموصلي”، و “معجم الطبراني الكبير” މި ފޮތްތައް އިތުރުކުރައްވާފައެވެ. އަދި އެފޮތްތައް ތަރުތީބުކުރައްވާފައިވަނީ ابن المحب الصامت ތަރުތީބުކުރައްވާފައިވާ ގޮތަށެވެ. އަދި އެފޮތަށް ނަންދެއްވާފައިވަނީ “جامع المسانيد والسنن” މި ފަދައިންނެވެ.

އިބްނުލް ޖަޒަރީ ވިދާޅުވިއެވެ.

“އެކަމުގައި އެކަލޭގެފާނު ވަރަށް ބުރަކޮށް މަސައްކަތްކުރައްވައި ވަރަށް ބޮޑަށް ވަރުބަލިވިއެވެ. އަދި ދުނިޔޭގައިވެސް އެފަދަ ދެވަނަ ފޮތެއް ނުވާ ފޮތެއް އެކުލަވާލައި އެ ފޮތް ފުރިހަމަކުރެއްވިއެވެ. އެއީ އަބޫ ހުރައިރާގެ މުސްނަދުގެ ބައެއް ފިޔަވައެވެ. އެ ފުރިހަމަކުރެއްވުމުގެ ކުރިން އެކަލޭގެފާނު އަވަހާރަވިއެވެ. އެހެނީ އޭގެ ކުރިން އެކަލޭގެފާނު ލޮލުގެ ފެނުމުން މަޙްރޫމުވިއެވެ. އަދި އެކަލޭގެފާނު رحمه الله ތިމަންކަލޭގެފާނުގެ އަރިހުގައި ވިދާޅުވިއެވެ. ‘ފުޅިބައްތީގެ އަލީގައި ރޭގަނޑުގެ ވަގުތުތަކުގައި ލިޔުއްވީމެވެ. އަދި އޭގެ އަލިކަން ފަނޑުވެލާފައި ގަދަވެލަމުން ދާތީ ތިމަންކަލޭގެފާނުގެ ލޮލުގެ ފެނުން ދިޔައެވެ.’ [1] އެކަން ފުރިހަމަކުރައްވާނޭ ބޭކަލަކު، ﷲ ތަޢާލާ ލައްވާށިއެވެ. އެ ފޮތުން ނުނިމި އޮތް ބަޔަކީ ވަރަށް ފަސޭހަ ބައެކެވެ. ފަހެ “معجم الطبراني الكبير” ގައި އަބޫ ހުރައިރާގެ މުސްނަދުން އެއްވެސް ބައެއް ނުވެއެވެ.” [2]

 

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ޚިދުމަތްކުރުމުގައި މިފަދައިން ހިންމަތާއެކު މަސައްކަތް ކުރާށެވެ. ސުންނަތަށް ޚިދުމަތްކުރެއްވުމުގައި އެންމެ އަގުހުރި ތަކެތިވެސް މިއުންމަތުގެ ސަލަފުންގެ ބޭކަލުން رحمهم الله ވަނީ ހޭދަކުރައްވާފައެވެ. އަދި ﷲ ތަޢާލާ އިބްނު ކަޘީރަށް ރަޙުމަތްލައްވާށިއެވެ! އަދި އެކަލޭގެފާނުގެ ދެ ލޯފުޅަށް އެދިމާވި ކަންތަކުގެ ބަދަލެއްގެ ގޮތުގައި ސުވަރުގެ މިންވަރުކުރައްވާށިއެވެ! އަދި އަޅަމެންނާއި އެކަލޭގެފާނު، މުޙައްމަދު صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާ އެކުގައި ޤިޔާމަތްދުވަހުގައި ލައްވާށިއެވެ. رضوان الله عليهم.

[2] أحمد بن عبد الرحمن الساعاتي: الفتح الرباني 1 / 8.