- އަދި الحافظ ابن حجر ވެސް ވަނީ މި ފޮތް الأطراف ގެ ފޮތްތައް ހުންނަ ގޮތަށް ތަރުތީބުކުރައްވާފައެވެ. [1] އަދި އެ ފޮތަށް ނަންދެއްވާފައިވަނީ: “إطراف الْمُسنِد المعتلي بأطراف المسند الحنبلي” އެވެ. ދެން އެއަށް ފަހުގައި މިފޮތާ އިތުރު ދިހަ ފޮތަކާ “إتحاف المهرة بالفوائد المبتكرة من أطراف العشرة” ގައި އެއްކުރެއްވިއެވެ.
- الحافظ شمس الدين الحسيني ވަނީ މި ފޮތުގެ ރާވީންގެ ވަނަވަރު ބަޔާންކުރައްވާ: “الإكمال بمن في مسند أحمد من الرجال ممن ليس في تهذيب الكمال للمزي” މިފޮތް ލިޔުއްވާފައެވެ. ދެން އެއަށްފަހުގައި އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “التذكرة برجال العشرة” ގެ ނަމުން ނަންދެއްވާފައިވާ ފޮތުގައި އޭގެ ރާވީންގެ ވަނަވަރުތައް ލިޔުއްވިއެވެ. މި ދިހަ ފޮތުގެ މުރާދަކީ: “الكتب الستة” އާއި “موطأ مالك” އާއި “مسند أحمد” އާއި “مسند الشافعى” އަދި “مسند أبي حنيفة” އެވެ. الحافظ ابن حجر ވަނީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “تعجيل المنفعة” ގައި މި ފޮތް ޚުލާޞާކުރައްވައި އޭގެ 4 ފޮތުގެ ރާވީން ގެންނަވާފައެވެ.
- الشيخ أحمد بن عبد الرحمن الساعاتى ވަނީ ކިތާބުތަކަކާއި ބާބުތަކަށް ބަހާލައި، މި ފޮތް ތަރުތީބުކުރައްވާފައެވެ. އެއީ ކިޔަވާ ކުދިންނަށް މި ފޮތުގެ ފައިދާ ޙާޞިލުކުރުން ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އަދި އެ ފޮތަށް ނަންދެއްވާފައިވަނީ “الفتح الربانى بترتيب مسند الإمام أحمد بن حنبل الشيباني” މި ފަދައިންނެވެ. ދެން އެއަށްފަހުގައި އެ ފޮތް ޝަރަޙަކުރައްވައި އެ ފޮތުގެ ޙަދީޘްތައް ތަޚުރީޖުކުރައްވައި “بلوغ الأماني من أسرار الفتح الرباني” ލިޔުއްވިއެވެ. މި ދެ ފޮތަކީވެސް ޗާޕުކޮށްފައިވާ ދެ ފޮތެވެ.
= ނުނިމޭ =
[1] د. زهير بن ناصر الناصر ގެ ތަޙުގީޤާއެކު ދިހަ މުޖައްދަލަކަށް މިފޮތްވަނީ ޗާޕުކޮށްފައެވެ.