- الشيخ أحمد بن محمد شاكر – رحمه الله تعالى – ވެސް ވަނީ މުސްނަދަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން އެފޮތުގެ އުނދޫ ލަފްޒުތައް ޝަރަޙަކުރައްވައި ޙަދީޘްތަކުގެ ދަރަޖަތައް ބަޔާންކުރައްވާފައިވެއެވެ. އަދި އެ ފޮތަށް ފިހުރިސްތެއް ތައްޔާރުކުރައްވައި ދެ ބަޔަކަށް ބައްސަވާފައިވެއެވެ. އެއީ އެފޮތުގައިވާ މަޝްހޫރު ބޭކަލުންގެ ތަޢާރަފު އެނގޭނެފަދަ ފިހުރިސްތުތަކާއި އިމާމު ޝާފިޢީގެ “الرسالة” އަށް ތައްޔާރުކުރައްވާފައިވާ ޢިލްމީ ފައިދާތަކުގެ ފިހުރިސްތެކެވެ. އެހެނަސް އެ ފޮތުގެ ހަތަރުބައިކުޅަ އެއްބައި ނިމުނުތަނާ ޝައިޚުވަނީ އަވަހާރަވެފައެވެ. – رحمه الله تعالى -.
- މިފޮތުގެ އެންމެ ފަހު ތަހުޤީޤަކީ الشيخ شعيب الأرناؤوط ގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ތަޙުޤީޤެކެވެ. އެ މަސައްކަތް ނިމުނު އިރު އެ ފޮތުގެ ޢަދަދު 50 މުޖައްލަދަށް އަރައެވެ.
މިއީ އަޅުގަނޑަށް ފެނިފައިވާ އެންމެ މުހިންމު މަސައްކަތްތެކެވެ. އަދިވެސް މިފޮތުގެ ދަރަޖައާއި ޙަދީޘްތަކުގެ ދަރަޖަ ބަޔާންކުރައްވާ ބައެއް އެހެނިހެން ފޮތްވެސް ލިޔުއްވާފައިވެއެވެ. އޭގެ ތެރޭގައި:
[1] خصائص المسند لأبي موسى المديني – رحمه الله -.
[2] المصعد الأحمد.
[3] المسند الأحمد މި ދެ ފޮތްވެސް ލިޔުއްވާފައިވަނީ شمس الدين ابن الجزري – رحمه الله -.
[4] القول المسدد في الذب عن مسند أحمد للحافظ ابن حجر – رحمه الله -.
[5] الذب الأحمد عن مسند الإمام أحمد، للشيخ ناصر الدين الألباني – رحمه الله -.
= ނުނިމޭ =