[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 91

ފުރަތަމައީ: الإمام البخاري ގެ الصحيح

  1. ފޮތުގެ މުއައްލިފު:

އެކަލޭގެފާނަކީ: أبو عبد الله محمد بن إسماعيل بن إبراهيم بن المغيرة البخاري، الجعفي مولاهم އެވެ. އެކަލޭގެފާނުގެ ލަޤަބުފުޅުތަކުގެ ތެރޭގައި: شيخ الإسلام، إمام الحفاظ، أمير المؤمنين في الحديث ހިމެނެއެވެ. އެކަލޭގެފާނު ވަރަށް ގިނަ ފޮތްތައް ލިޔުއްވިއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 194 ވަނަ އަހަރުގެ ޝައްވާލު މަހުގައެވެ. އަދި އަވަހާރަވީ 256 ވަނަ އަހަރުގައެވެ. [1]

  1. ފޮތުގެ ނަން:

ޢިލްމުވެރިންގެ އަރިހުގައި އެފޮތް މަޝްހޫރުވެފައިވަނީ: “صحيح البخاري” ގެ ނަމުންނެވެ. އެފޮތުގެ މުއައްލިފު އެ ފޮތަށް ދެއްވާފައިވާ ނަމާ ބެހޭގޮތުން الإمام يحيى بن شرف النووي ވިދާޅުވިއެވެ.

“އެކަލޭގެފާނު އެފޮތަށް ނަންދެއްވާފައިވަނީ: الجامع المسند الصحيح المختصر من أمور رسول الله صلى الله عليه وسلم وسننه وأيامه މިފަދައިންނެވެ.” [2]

އަދި الحافظ ابن حجر ވިދާޅުވިއެވެ.

“އެކަލޭގެފާނު އެފޮތަށް ނަންދެއްވާފައިވަނީ: الجامع الصحيح المسند من حديث رسول الله صلى الله عليه وسلم وسننه وأيامه މިފަދައިންނެވެ.” [3]

= ނުނިމޭ =


އެހެނިހެން ބައިތައް

[1] އެކަލޭގެފާނުގެ ވަނަވަރުގެ ތަފްޞީލު ބައްލަވާ: سير أعلام النبلاء 12 / 391 އަދި އިބްނު ޙަޖަރުގެ هدي الساري ގެ ފަހު ފަޞްލު.

[2] تحفة الأحوذي 1 / 34 ގެ މުޤައްދިމާގައި ވެއެވެ. “މުޙައްދިޘުންގެ އިޞްޠިލާޙުގައި އަލްޖާމިޢުއަކީ: ޙަދީޘްގެ ހުރިހާ ބާވަތެއް އޭގައި ހިމެނޭ ފޮތްތަކެވެ. އެއީ: (1) ޢަޤީދާއާއި (2) ޙުކުމްތަކާއި (3) ހިތްމަޑުމޮޅިކުރުވާ ޙަދީޘްތަކާއި ޒުހުދުގެ ޙަދީޘްތަކާއި (4) އަދަބުއަޚުލާޤާއި (5) ތަފްސީރާއި (6) ތާރީޚާއި ހަނގުރާމަތަކާ ބެހޭ ޙަދީޘްތަކާއި (7) ފިތުނަތަކާއި ޤިޔާމަތުގެ ޢަލާމަތްތައް ބަޔާންކުރާ ޙަދީޘްތަކާއި އަދި (8) އެކިބޭކަލުންގެ މާތްކަމާއި ޚާއްޞަކަންތައްތައް ބަޔާންކުރާ ޙަދީޘްތަކެވެ.”

[3] ބައްލަވާ: تهذيب الأسماء واللغات للنووي (1 / 73) هدي الساري لابن حجر، الفصل الأول.