- ފޮތުގެ މައުޟޫޢާއި މަޤްޞަދު ދެނެގަތުން:
އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ.
“ބަޔާންވެފައިވަނީ އެކަލޭގެފާނު ވަނީ ޞައްޙަކަން ކަށަވަރުކުރައްވާފައެވެ. އަދި ޞައްޙަ ޙަދީޘެއް މެނުވީ މި ފޮތުގައި ނުގެންނަވައެވެ. މިފޮތުގެ އަޞްލު މައުޟޫޢަކީ މިއީއެވެ. އެކަން އެނގިގެން ދަނީ މި ފޮތަށް الجامع الصحيح ، މި ނަމުން ނަންދެއްވާފައި ވާތީއެވެ. އަދި އިމާމުވެރި ބޭކަލުންވަނީ އެކަލޭގެފާނުގެ އަރިހުން އެ ވާހަކަ ނަޤުލުކުރައްވާފައެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ ފިޤުހީ ފައިދާތަކާއި ޙުކުމުތަކާ ގުޅޭ މުހިންމު ނުކުތާތައް މި ފޮތުގައި ހިމެނެއްވުމަށެވެ. އެހެންކަމުން ޙަދީޘްތަކުގެ ނައްޞުތަކުން ވަރަށް ގިނަ މާނަތައް ނަންގަވާފައި އެ އާ ގުޅޭ ބާބުތަކާއި ކިތާބުތަކަށް ބެއްސެވިއެވެ. އަދި މި ފޮތުގައި ޙުކުމްތަކުގެ އާޔަތްތަކަށް އަހަންމިއްޔަތުކަން ދެއްވާފައިވެއެވެ. އަދި އޭގެން ވަރަށް ގިނަ ދަލާލާތުތައް ނަންގަވާފައިވެއެވެ. އަދި އޭގެ ތަފްސީރަށް އިޝާރަތް ކުރެއްވުމުގައި ވަރަށް ތަނަވަސް މަންހަޖެއް ގެންގުޅުއްވާފައި ވެއެވެ.” [1]
މުޙްޔިއްދީން އަންނަވަވީ ވިދާޅުވިއެވެ.
“ބުޚާރީގެ ހަމައެކަނި މަޤްޞަދަކީ ޙަދީޘްތަކެއް ގެންނެވުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އޭގެން މާނަތައް ނެންގެވުމާއި އެކަލޭގެފާނު ގެންނަވަން ޤަޞްދުކުރެއްވި ބާބުތަކަށް އެއިން ދަލާލަތުތައް ނެންގެވިއެވެ.” [2]
= ނުނިމޭ =
[1] الحافظ ابن حجر: هدي الساري – الفصل الثاني ص: 8 – 14 ملخَّصاً بتصرف.
[2] المصدر السابق.