[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 94

  1.  އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވާ ޞުރުޚީތައް:

 

أبو أحمد بن عدي عن عبد القدوس بن همام ވިދާޅުވިއެވެ.

“ވަރަށް ގިނަ ޝައިޚުން ވިދާޅުވާތީ އަޑު އެހީމެވެ. އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގެ ސުރުޚީތައް ލިޔުއްވީ ނަބިއްޔާ صلى الله عليه وسلم ގެ ޤަބުރުފުޅާ މިންބަރުފުޅާ ދެމެދުގައި (އެބަހީ: ރައުޟާގައި) އިންނަވައިގެންނެވެ. އަދި ކޮންމެ ސުރުޚީއެއް ލިޔުއްވުމުގެ ކުރިން ދެ ރަކުޢަތުގެ ނަމާދެއްކުރައްވައެވެ.” [1]

އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ.

“އެފޮތުގައިވާ (އެބަހީ: ސަޙީޙު ބުޚާރީގައިވާ) ސުރުޚީތައް ދެނެގަނެވޭނެ ޤަވާއިދެއް ބަޔާންކުރާ ހުށީމެވެ. އެފޮތުގައިވަނީ (އޭގެ މާނަ) ފާޅުވެގެންވާ ސުރުޚީތަކާއި ވަންހަނާވެގެންވާ ސުރުޚީތަކެވެ.

ފާޅުވެގެންވާ ސުރުޚީތަކާ މެދު ދަންނައެވެ. އެއީ އެ ސުރުޚީގައިވާ އެއްޗަކާ ސާފުކޮށް ދިމާވާފަދަ ޙަދީޘްތައް އެ ސުރުޚީގެ ދަށުން ގެނައުމެވެ. އެގެންނަ ޙަދީޘްތަކުގައިވާ ލަފްޒަކުން ނުވަތަ މާނައިން އެފަދަ ސުރުޚީތައް ގެންނަވައެވެ. ގިނަ ސުރުޚީތައް ގެންނަވާފައިވާ އެފަދައިންނެވެ.

ވަންހަނާވެގެންވާ ސުރުޚީތަކާ މެދު ދަންނައެވެ. އެ ސުރުޚީގެ ދަށުން ގެނެސްފައިވާ ޙަދީޘްތަކާ ސުރުޚީ ދިމާވާ ގޮތް އެނގޭނީ ވަރަށް ދިރާސާކޮށް ވިސްނައިގެންނެވެ. އިމާމު ބުޚާރީގެ ސުރުޚީތައް ގެންނަވާފައިވާ ސަބަބާ މެދު ޚިލާފުވެފައިވަނީ މިފަދަ ސުރުޚީތަކުގައެވެ. އެހެންވެ ބައެއް ބޭކަލުން ވިދާޅުވިއެވެ. ‘އިމާމު ބުޚާރީގެ ފިޤުހުވެރިކަން ފެންނާނީ (ޞަޙީޙުލް ބުޚާރީގެ) ސުރުޚީތަކުންނެވެ.’

އިމާމު ބުޚާރީ ގިނަފަހަރުތަކުގައި އެފަދައިން ޢަމަލުކޮށްފައިވަނީ، އެކަލޭގެފާނު ބަޔާންކޮށްދެއްވަން ބޭނުންފުޅުވާ ފިޤުހީ މައްސަލައާ ގުޅޭ ޙަދީޘަކީ އެކަލޭގެފާނުގެ ޞަޙީޙުގައި ކުރައްވާފައިވާ ޝަރުޠު ހަމަވާ ޙަދީޘަކަށް ނުވާނަމައެވެ. (އެޙާލަތުގައި ޝަރުޠު ހަމަވާ ޙަދީޘަކުން އެމާނައަށް އިޝާރާތްކުރައްވަނީއެވެ.) އަދި ފަހަރުގައި (ކިޔުންތެރިންގެ) ސިކުނޑި ހިންގާލުމަށްވެސް އެފަދައިން ޢަމުލުކޮށްފައި ހުރެދާނެއެވެ. އެފަދައިން ޢަމަލުކަރައްވާ ފަހަރުތަކުގައި އެކަން ބަޔާންކުރާ ޙަދީޘް އެ ސުރުޚީގެ ކުރީ ބާބެއްގައި ނުވަތަ ފަހުން އަންނަ ބާބެއްގައި ގެންނަވާފައިވާނެއެވެ.” [2]

 

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] المصدر السابق.

[2] المصدر السابق.