[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 95

  1.  ބައެއް ޙަދީޘްތަކުގެ ބައިތަކެއް ގެންނަވާފައިވާ ސަބަބާއި ބައެއް ޙަދީޘްތައް ތަކުރާރުކޮށް ގެންނަވާފައިވާ ސަބަބު

 

ابن حجر ވިދާޅުވިއެވެ.

“الحافظ أبو الفضل محمد بن طاهر المقدسي، އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “جواب المتعنت” ގައި ވިދާޅުވިއެވެ. ދަންނާށެވެ. އިމާމު ބުޚާރީ – رحمه الله –  އެކަލޭގެފާނުގެ ފޮތުގައި ބައެއް ޙަދީޘްތައް އެތައް ބާބެއްގައި ޛިކުރުކުރައްވައި އާ ސަނަދަކުން އެ ޙަދީޘް ގެންނަވައެވެ. އަދި އެކަލޭގެފާނުގެ ތަނަވަސް ފިޤުހުވެރިކަމާއި މާނަތައް ނެންގެވުމުގެ މޮޅުކަމުން އެ ބާބަކާ ގުޅޭ މާނައެއް އެ ޙަދީޘުން ގެންނަވައެވެ. ވަރަށް މަދު ފަހަރެއްގައި މެނުވީ އެއް ޙަދީޘެއް ދެ ތަނެއްގައި އެއް ސަނަދަކުން އެއް މާނައެއްގައި ގެންނަވާފައި ނުވެއެވެ. އެކި ސަނަދުތަކުން އެ ގެންނަވާފައިވަނީ އެކި ސަބަބުތަކާ ހުރެއެވެ. އެ ސަބަބުތައް ޛިކުރުކުރާނަމެވެ. – އެކަލޭގެފާނުގެ މުރާދު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. – ދެން އެއަށް ފަހުގައި 8 ސަބަބެއް އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. މިތަނުގައި އެ ހުރިހާ ސަބަބެއް ބަޔާންކުރުމަކީ ދަތިކަމެކެވެ.”

ދެން އެއަށް ފަހުގައި ވިދާޅުވިއެވެ.

“ބައެއް ފަހަރު ޙަދީޘްގެ ބައެއް ޖުމްލަތައް ގެންނަ ސަބަބާމެދު ދަންނައެވެ. އެ ޙަދީޘްގެ ލަފްޒު ކުރުވެފައި އެ ޙަދީޘްގެ ޖުމްލަތައް ގުޅި ލާމެހި އަދި އެއް ޙުކުމަށް ވުރެ ގިނަ ޙުކުމް އޭގައި ވާނަމަ، އެކަމަށް ރިޢާޔަތްކުރައްވާފައި އެ ތަކުރާރުކޮށް ގެންނަވައެވެ. އެގޮތަށް ގެންނަވާއިރުވެސް ޙަދީޘް ޢިލްމުގެ ފައިދާއެއް އެ ޙަދީޘާއެކު ގެންނަވައެވެ. އެގޮތުން އޭގެ ކުރިން ގެންނެވި ޝައިޚު ނޫން އެހެން ޝައިޚެއްގެ ކިބައިން ގެންނަވައެވެ. ނުވަތަ އެއްތަނުގައި ސަނަދު ގުޅުވައިގެން (موصول ކޮށް) އަނެއްބައިގައި ސަނަދުގެ ބައެއް (معلق ކޮށް) ގެންނަވައެވެ. އަދި ބައެއް ފަހަރު ފުރިހަމައަށް ޙަދީޘްގެ ލަފްޒު ގެންނަވާފައި އަނެއްބައި ފަހަރު އެ ބާބަށް ބޭނުންވާ ލަފްޒު ގެންނަވައެވެ. އެ ޙަދީޘްގެ މަތަނުގައި ބައިވަރު ޖުމްލަތައް އެކުލެވިފައިވާނަމަ އަދި އެއް ޖުމުލައެއް އަނެއް ޖުމުލައާ މާ ބޮޑު ގުޅުމެއް ނުވާނަމަ ފަހެ އެކަލޭގެފާނު ކޮންމެ ޖުމްލައެއް ގެންނަވަނީ ވަކި ބާބެއްގައެވެ. އެއީ ދިގުވެދާނެތީއެވެ. އަދި ބައެއް ފަހަރުގައި އެކަމަށް ހީވާގިވެވަޑައިގެން އެ ޙަދީޘް ފުރިހަމައަށް ގެންނަވައެވެ.” [1]   

 

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] ملخَّصاً بتصرف من الفصل الثالث من هدي الساري ص: 15.