[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 99

ޞަޙީޙުލް ބުޚާރީގެ ރާވީންނަށް ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތު:

 

މި މަސައްކަތްވަނީ ވަރަށް ކުރީ ކޮޅުގައި ފެށިފައެވެ. މި ގޮތުން الحافظ أبو أحمد عبد الله بن عدي (އަވަހާރަވީ 365 هـ)من روى عنه البخاري” ގެ ނަމުން ނަންދެއްވާ ފޮތެއް ލިޔުއްވިއެވެ. ދެން އެ މައުޟޫޢުގައި އިތުރު ފޮތްތައް ލިޔެވިގެން ދިޔައެވެ. އޭގެ ތެރެއިން އެންމެ މުހިންމު ފޮތްތަކަކީ:

1- أبو نصر أحمد بن محمد الكلاباذي (އަވަހާރަވީ 398 هـ) ލިޔުއްވާފައިވާ الهداية والإرشاد.

2- أبو الوليد سليمان بن خلف الباجي (އަވަހާރަވީ 474 هـ) ލިޔުއްވާފައިވާ التعديل والتجريح لمن أخرج له البخاري في الصحيح.

3- أبو الفضل محمد بن طاهر المقدسي (އަވަހާރަވީ 507 هـ) ލިޔުއްވާފައިވާ الجمع بين رجال الصحيحين.

ދެން އެއަށް ފަހުގައި ކުތުބުއްސިއްތާގެ ހުރިހާ ފޮތެއްގެ ރާވީންގެ ޙާލަތު ބަޔާންކޮށްދޭ ފޮތްތައް ލިޔެވިގެން ދިޔައެވެ. އޭގެ ތެރޭގައި:

1- الحافظ عبد الغني المقدسي (އަވަހާރަވީ 600 هـ)  ލިޔުއްވާފައިވާ الكمال في أسماء الرجال.

2- الحافظ المزي (އަވަހާރަވީ 742 هـ) ލިޔުއްވާފައިވާ تهذيب الكمال. މިފޮތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތްތައްވެސް މީގައި ހިމެނެއެވެ. [1]

 

= ނުނިމޭ =


އެހެނިހެން ބައިތައް

[1] ބައްލަވާ: أكرم العمري: بحوث في تاريخ السنة ص: 123 – 126.