[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުޟްޙިޔާގެ ގޮތުގައި ގެރިއެއް ކަތިލާއިރު 7 މީހުންނަށް ވުރެ މަދުން އޭގައި ބައިވެރިވުން ހުއްދަ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އުޟްޙިޔާގެ ގޮތުގައި ގެރިއެއް ކަތިލާއިރު އޭގައި 7 މީހުން ބައިވެރިވުން ހުއްދަވެގެންވެއެވެ. އެއް ގެރީގައި 7 މީހުންނަށް ބައިވެރިވެވޭއިރު، އެއަށްވުރެ މަދު މީހުން އޭގައި ބައިވެރިވުން ހުއްދަވުން މާ އައުލާވެގެންވެއެވެ. އަދި 7 / 1 އަށްވުރެ އިތުރުވާ ބައިން އަޖުރުވެސް އިތުރުވެގެންވެއެވެ. އެއީ އުޟްޙިޔާގެ ގޮތުގައި ބަކަރިއެއް ކަތިލުމުން އެކަކަށް ފުދުނުކަމުގައިވިޔަސް، އޭނާ ގެރިއެއް ކަތިލާ ފަދައިންނެވެ.

“الأم” (2 / 244) ގައި އިމާމު ޝާފިޢީ – رحمه الله – ވިދާޅުވެފައިވެއެވެ.

“(އުޟްޙިޔާގެ ގޮތުގައި ގެރިއެއް ކަތިލާއިރު) ހަތަކަށްވުރެ މަދު މީހުން އޭގައި ބައިވެރިވުން ހުއްދަވެގެންވެއެވެ. އަދި އެ ވެގެންދާނީ تَطَوّع އަކަށެވެ. (އެބަހީ: އޭނާގެ މައްޗަށް ލާޒިމުވެގެންވާ މިންވަރަށް ވުރެ އިތުރަށް ކުރި ހެޔޮ ކަމަކަށެވެ.) އެއީ އެންމެ ބަކަރިއެއް ކަތިލުމުން ފުދޭ މީހަކު، ޖަމަލެއް ކަތިލާ ފަދައިންނެވެ. އަދި އޭރުން ބަކަރިއެއް ކަތިލުމުގެ ހެޔޮކަމަށް ވުރެ، ހެޔޮކަމުގެ ގޮތުން އިތުރުވެގެން ދާނެއެވެ.”

“بدائع الصنائع” (5 / 71) ގައި އަލްކަސާނީ – رحمه الله – ވިދާޅުވެފައިވެއެވެ.

“(އުޟްޙިޔާގެ ގޮތުގައި) ޖަމަލެއް ނުވަތަ ގެރިއެއް ކަތިލުމުގައި 7 މީހުންނަށް ވުރެ މަދުވިޔަސް ހުއްދަވާނެކަމާމެދު ޝައްކެއް ނެތެވެ. އެއީ ޖަމަލެއް ނުވަތަ ގެރިއެއް ކަތިލުމުގައި 2 މީހުން ނުވަތަ 3 މީހުން ނުވަތަ 4 މީހުން ނުވަތަ 5 މީހުން ނުވަތަ 6 މީހުން ބައިވެރިވިކަމުގައިވިޔަސްމެއެވެ. (މީހަކަށް) 7 / 1 ހުއްދަވެގެންވާއިރު، އެކަކަށް އެއަށް ވުރެ އިތުރު ބައިގައި ބައިވެރިވުން ހުއްދަވުން މާ އައުލާވެގެންވެއެވެ. އެއީ ބައިވެރިވާ އެންމެން އެއްވަރަށް ނުވަތަ އެކި މީހުން އެކި ވަރަށް ބަހާލިކަމުގައި ވިޔަސްމެއެވެ. އެކަކު 2 / 1 ، އެހެން މީހަކު 3 / 1 ، އަދި އެހެން މީހަކު 6 / 1 ގައި ބައިވެރިވުކަމުގައި ވިޔަސްމެއެވެ. އެއީ އެކަކަށް 7 / 1 އަށް ވުރެ މަދު ނުވާހާ ހިނދަކުއެވެ.”

 

_________________________

 

ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައިވާ ގޮތުން މީހަކު އޭނާއާއި އޭނާގެ ގޭގެ އަހުލުންގެ ފަރާތުން އެއް ކަންބަޅި ކަތިލުމުން ފުދޭނެއެވެ. އެއީ އެބައިމީހުންގެ ޢަދަދު ގިނަވިކަމުގައި ވިޔަސްމެއެވެ. އަދި 7 މީހުންވެގެން އޭގެ އަގުގައި ބައިވެރިވެގެން ގެރިއެއް ނުވަތަ ޖަމަލެއް ކަތިލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކާ އެމީހެއްގެ ޢާއިލާގެ ފަރާތުން އެ ފުދޭނެއެވެ. (ބައްލަވާ: زاد المعاد لابن القيم (2 / 295) وفتاوى نور على الدرب لابن باز (18 / 204)).

 

މަޞްދަރު

 

ގުޅުންހުރި ލިޔުން