އެހެންނަމަވެސް قاتل توبةވި ކަމުގައިވިޔަސް مقتول (ޤަތުލުވި މީހާ) ގެ حق ގެއްލިގެން ނުދެއެވެ. مقتولގެ حقތައް އަދާ ކުރެވޭނީ އޭނާއަށް އަނިޔާވެރިވި قاتلގެ ހެޔޮ عملތަކުންނެވެ. ނުވަތަ قاتلގެ ހެޔޮ عملތަކުން حق އަދާކުރުމުގެ ބަދަލުގައި، މާތް ﷲ އޭނާއަށް ހެޔޮ ބަދަލެއް ދެއްވާނެއެވެ. މީގެ އިތުރުން، قصاص ހިފުމުން مقتولގެ حق ގެއްލިގެން ނުދެއެވެ. އެއީ قصاصއަކީ ހަމައެކަނި مقتولގެ އާއިލާ(وارث)ންގެ حقއެކެވެ.
މިކަމާއި ގުޅިގެން ابن القيم رحمه الله ވިދާޅުވެފައިވެއެވެ. ”قصدގައި މީހަކު މަރައިފިމީހާގެ މައްޗަށް ތިން حقއެއް ވެއެވެ. އެއީ ﷲ تعالىގެ حقއާއި، مقتولގެ حقއާ އަދި وارثންގެ حقއެވެ.
އެގޮތުން އޭނާ ރުހޭ ޙާލު، އޭނާގެ نفس وارثންނަށް ހަވާލުކުރުމާއި، ކުރެވުނު ކުށަށް ދެރަވެ ހިތާމަކުރުމާއި، އެކަމުގެ މައްޗަށް ﷲއަށް ބިރުވެތިވެ، ފުރިހަމަ ތައުބާއަކުން ތައުބާވުމުން ދަންނައެވެ. ފަހެ ތައުބާވުމުން ﷲ تعالىގެ حق އަދާކުރެވުނީއެވެ. وارثންގެ حق ދަންނައެވެ. قصاصހިފުމުން ނުވަތަ މަރުގެ دية ދިނުމުން ނުވަތަ عفو ލިބުމުން އެބައިމީހުންގެ ޙައްޤު އަދާވީއެވެ. ދެން އޮތީ مقتولގެ حقއެވެ. އެކަން ދެން މި ދުނިޔޭގައި އަދާކޮށެއް ނުދެވޭނެއެވެ. މިކަމާމެދު علمގެ އަހުލުވެރިން ވިދާޅުވަނީ إخلاصތެރި توبةއަކުން قاتل توبةވެއްޖެނަމަ ފަހެ ހަމަކަށަވަރުން قتلވީ މީހާގެ حق ﷲ تعالى އޭނާގެ ކިބައިން އުފުއްލަވާދެއްވާނެއެވެ. އަދި قيامة ދުވަހުން ﷲ تعالى އެއިލާހުގެ حضرةން قتلވީ މީހާއަށް ހެޔޮ ބަދަލެއް ދެއްވަވާނެއެވެ. އަދި އެ ދެމީހުން صلحކުރައްވާ އެކުވެރިކުރައްވާނެތެވެ.“[1]
[1] حاشية الروض المربع شرح زاد المستقنع لعبد الرحمن بن محمد بن قاسم العاصمي النجدي: [7/165].