[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި މައްސަލައިގައި ދަންނަބޭކަލުން މެދުގައި ޚިލާފު އެބައޮތެވެ! – 2

ދަންނާށެވެ! ޚިލާފީ ހަމަ ކޮންމެ މައްސަލައަކުން ޙުއްޖަތް ޤާއިމުކުރާން އުޅެއްޖެނަމަ އަދި ދަންނަބޭކަލުންގެ މެދުގައި ދެބަސްވުން އޮތް ހުރިހާ ކަމެއްގައި، އޭގެ ތެރެއިން ހަމަ ކޮންމެ ގޮތެއްވެސް ޚިޔާރު ކުރެވިދާނެ ކަމުގައި ޤަބޫލު ކުރުމަކީ ދީނަށް ގެނެވޭ އުނިކަމެކެވެ. އަދި އެއީ މި ފުރިހަމަ ޝަރީޢަތުގެ ފުރިހަމަކަން ނަގައިލުމެވެ. އެހެނީ ފިޤުހީ ވަރަށް ގިނަ ކަންކަމުގެ ޙުކުމުތަކުގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އެބަ ހުއްޓެވެ. އަދި ދަންނަބޭކަލުން ކުރެ ހުރިހާ ބޭކަލުން އިޖުމާޢުވާ ކަންކަމަކީ ފިޤުހުގެ މަދު އެއްޗެކެވެ. އަހަރެމެންނަށް މި ޝަރީޢަތް ބާވައިލެއްވި ފަރާތުން އަހަރެމެން ތަބާ ވުން ލާޒިމު ކުރެއްވީ މި މަދު ބަޔަށް އެކަނި ހެއްޔެވެ؟! އަދި ބާކީ އޮތް ގިނަ ބައިގައި އަހަރެމެންނަށް ޚިޔާރު ދެއްވައިފައި ވީ ހެއްޔެވެ؟!

ކަން މިހެން އޮތް އިރު، ޝަރުޢީ ނައްޞުތަކާ އެއްވަރު އެއްޗަކަށް ޚިލާފު ހަދައި، ޙުއްޖަތް ޤާއިމު ކުރަން ޚިލާފު ބޭނުން ކުރުމަކީ މި މާތް ޝަރީޢަތާ މެދު މީހާ ޖާހިލުވެފައިވާ ކަމުގެ ޢަލާމާތެކެވެ. އަދި މިއީ ނުރައްކާތެރިކަން ބޮޑުވެގެންވާ މަގެއްކަން ކަށަވަރެވެ! ޚިލާފުން ޙުއްޖަތް ޤާއިމުކުރަން މީސްތަކުންނަށް ދޫކޮށްލެވިޖެނަމަ، އެ ހުޅުވައިދެވެނީ ދީނުގެ އުޞޫލުތައް މުގުރައިލަނިވި މަގެކެވެ. އަދި އުޞޫލުތަކުގެ އަޙްކާމުތަކާއި އެ އުޞޫލުތައް ލާޒިމުކުރާ ކަންކަމުގައި މީސްތަކުން ބައިބައިވެ، އެ އުޞޫލުތައް ހަލާކުކޮށްލަނިވި ދޮރެކެވެ.

ދަންނަބޭކަލުންގެ މެދުގައި ހުރި ފިޤުހީ ޚިލާފުތަކަކީ މީސްތަކުން އޭގެ ތެރެއިން އެ މީހަކު ހިތް އެދޭހާ ގޮތެއް ޚިޔާރުކުރުން ހުއްދަކަމެއް ނޫންކަން އުންމަތުގެ ބޮޑެތި އިމާމުވެރި ބޭބޭކަލުންވަނީ ބަޔާން ކުރައްވައިފައެވެ.

އިމާމު ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ:

[ﷲ އެކަލާނގެ ފޮތުގައި ނުވަތަ އެކަލާނގެ ނަބީކަލޭގެފާނުގެ ދޫފުޅު މަތީން ނައްޞު ކުރައްވައި ބަޔާން ކުރައްވައި ޙުއްޖަތް ޤާއިމު ކުރައްވައިފައިވާ ކަމެއްގައި، އެއްވެސް މީހަކަށް އެ ބަޔާން ކުރައްވައިފައި ވުމާ ޚިލާފުވެގަތުން ހުއްދަ ވެގެން ނުވެއެވެ.][1]


[1]  އައްރިސާލާ (ޞ.560)

 

މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް