[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި މައްސަލައިގައި ދަންނަބޭކަލުން މެދުގައި ޚިލާފު އެބައޮތެވެ! – 4

އަހަރެމެންގެ މި ޒަމާނުގައި މީގެ މިސާލަކީ ދަންނަބޭކަލުން ކުރެ، ޢިލްމުވެރިކަމުގައި އަރައި ހުންނެވި އިތުބާރު ލިބިފައިވާ ބޭކަލަކު މައްސަލައެއްގައި ޞައްޙަ ދަލީލުގެ މައްޗަށް ބުރަވެ، މިވެނި ކަމަކީ ޙަރާމުކަމެއް ކަމުގައި ވިދާޅުވުމުން؛  އެ މީހެއްގެ ޢިލްމުވެރިކަމާމެދު ސުވާލު އުފެދޭ އަދި އެއީ ކާކުކަންވެސް ނޭނގޭ މީހަކު، ނުވަތަ ދީނީ ތަޢުލީމުގެ ތެރެއަށް އަލަށް ތަޢާރަފުވެގެން އުޅޭ މީހަކު ނުކުމެ، އެކަމަކީ ޙަރާމުކަމެއް ނޫން ކަމުގައި ބުނެ ފަތުވާ ދިނުމެވެ. އެ ދޭ ފަތުވާއަކީ ދަލީލެއްގެ މައްޗަށް ބުރަވެ ދޭ ފަތުވާއެއް ނޫނެވެ. ނުވަތަ އެ ފަތުވާއަކީ ދަލީލުތައް ރަނގަޅަށް ފަހުމު ނުވެ ދެވޭ ފަތުވާއެކެވެ. ދެން ފަތުވާއަށް އެދި ސުވާލު ކުރާ ޢާންމުންގެ މީހާ، ޙަރާމުކަމުގައި ފަތުވާ ދެއްވި ޢިލްމުވެރިޔާއާ ދިމާ ކޮށްލައެވެ. އަދި ބުނެއެވެ: “މި މައްސަލައިގައި ޚިލާފު އޮތްއިރު، ތިބާ މި މައްސަލައިގައި ޙަރާމުކަމުގައި ތިޔަ ބުނަނީ ކީއްވެގެން ހެއްޔެވެ؟”

މި ފަދައިން ކަންތައް ކުރާ މީހުންނާ މެދު އައްޝާޠިބީ ވިދާޅެވެފައި ވެއެވެ:

[އޭނާ އެ ހިފީ ދަލީލެއްގައިވެސް ނޫނެކެވެ. އަދި ދަންނަބޭކަލުންކުރެ އެންމެ ޢިލްމުވެރި މީހާގެ ބަހުގައެއްވެސް ނޫނެވެ. އެފަދަ މީހާ އެ ތަބާވާކަން ކަށަވަރީ އޭނާގެ ހާވާނަފުސުގެ އެދުންތަކަށެވެ!][1]

 

ޚިލާފުވަނީ ދެ ބާވަތަކަށެވެ:

ފުރަތަމައީ: މުޢުތަބަރު އަދި ބަލައިގަނެވޭފަދަ ޚިލާފުތަކެވެ.

ދެވަނައީ: އެ ޚިލާފެއްގައި ބުރަދަނެއް ނެތް އަދި ބަލައި ނުގަނެވޭނޭ ޚިލާފެވެ.

މި ދެ ބާވަތުގައިވެސް ދަރަޖަތަކެއް ވެއެވެ.

އެ މައްސަލައެއްގައި ޤުރުއާނުން ނުވަތަ ސުންނަތުން ސާފު ޞަރީޙަ ދަލީލެއް ލިބެން ނެތް، ދަންނަބޭކަލުންގެ އިޖުތިހާދީ މައްސަލަތައް ނުވަތަ ދެ ކޮޅުގައިވެސް އެއް ވަރެއްގެ ޞައްޙަ ދަލީލުތަކެއް ހުރުމުގެ ސަބަބުން އެ މައްސަލައެއްގައި ރަނގަޅުގޮތަކީ ވަކި މިއީ އޭ ކަނޑައަޅައި ނުބުނެވޭފަދަ މައްސަލަތަކަކީ މުޢުތަބަރު ޚިލާފު ހުރި މައްސަލަތަކެވެ. މިފަދަ މައްސަލަތަކަށް ޚިލާފީ މައްސަލަ އޭ ކިޔުމަށް ވުރެ އިޖުތިހާދީ މައްސަލަތަކޭ ކިޔުން އައުލާ ވެގެން ވެއެވެ. އެއީ އެ ދެ ބާވަތް ދެމެދު ފަރަޤު ކުރުމަށް ޓަކައެވެ. އިޖުތިހާދީ ކޮންމެ މައްސަލައަކީ ޚިލާފީ މައްސަލައެކެވެ. އެހެނަސް ޚިލާފީ ކޮންމެ މައްސަލައަކީ އިޖުތިހާދީ މައްސަލައެއް ނޫނެެވެ.

މިވެނި މައްސަލައެއްގައި ޚިލާފެއް ވެއޭ މީހަކު ބުނެއްޖެނަމަ އެއީ މުޢުތަބަރު ޚިލާފެއްތޯ ނުވަތަ ނޫންތޯ ބަލާށެވެ! އަދި އެއީ އެ މައްސަލައެއްގައި ޞަރީޙަ ނައްޞެއް، ޤުރުއާނުން ނުވަތަ ސުންނަތުން ލިބޭން ނެތުމުގެ ސަބަބުން، ދަންނަބޭކަލުންގެ މެދުގައި އުފެދިފައިވާ އިޖުތިހާދީ ޚިލާފެއް ތޯ؛ ނުވަތަ ނައްޞެއް އޮވެމެ؛ އުފެދިފައި ވާ ޚިލާފެއް ތޯ ބަލާށެވެ! ދަންނަބޭކަލުންވަނީ މި ދެ ބާވަތް ތަފާތު ކުރައްވައިފައެވެ.

އިމާމު އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ: “إنَّما دخَل هذا اللَّبسُ مِن جِهةِ أنَّ القائِلَ يعتَقِدُ أنَّ مَسائِلَ الخِلافِ هي مسائِلُ الاجتهادِ، كما اعتقَد ذلك طوائِفُ من النَّاسِ. والصَّوابُ الذي عليه الأئِمَّةُ: أنَّ مسائِلَ الاجتهادِ ما لم يكُنْ فيها دَليلٌ يجبُ العَمَلُ به وُجوبًا ظاهرًا، مِثلُ حَديثٍ صحيحٍ لا مُعارِضَ له من جِنْسِه، فيسوغُ -إذا عُدِمَ ذلك فيها- الاجتهادُ؛ لتعارُضِ الأدِلَّةِ المتقارِبةِ، أو لخَفاءِ الأدِلَّةِ فيها ” [މިކަމުގައި އޮޅުން އެރުމަށް މެދުވެރިވެފައިވަނީ ޚިލާފީ މައްސަލައަކީ އެއީ އިޖުތިހާދީ މައްސަލަކަމުގައި ޤަބޫލު ކުރެވިފައި ވުމުންނެވެ. މިފަދައިން ބައެއް މީހުން ޤަބޫލު ކުރިއެވެ. މިކަމުގައި ރަނގަޅު ގޮތަކީ އިމާމުވެރި ބޭކަލުން ދެކެވަޑައިގެންނެވި ގޮތެވެ. އެއީ: އިޖުތިހާދީ މައްސަލައަކީ އެ މައްސަލައެއްގައި އެ ދަލީލަކަށް ޢަމަލުކުރުން ވާޖިބުވާފަދަ ދަލީލެއް އައިސްފައި ނުވާ މައްސަލަތަކެވެ. އެއީ މިސާލަކަށް އެއްވެސް ތަޢާރުޟެއް ނުވާ، ޞައްޙަ ޙަދީޘެއް އެ މައްސަލާގައި ވާރިދުވެފައި ނުވުމެވެ. އަދި (ތަޢާރުޟުވާފަދަ ގޮތަކަށް ދެ ޙަދީޘެއް އައިސްފައިވާ މައްސަލައެއްގައި، ފުރަތަމަ ޙަދީޘާ) ތަޢާރުޟުވަނީ އެފަދަ (ޞައްޙަ) ޙަދީޘަކަށް ވާން ޖެހޭނެއެވެ. ފަހެ ގާތް ދަލީލުތަކެއް (އޭގެ ބޭރުފުށުން) ތަޢާރަޟުވާނަމަ ނުވަތަ އެ މައްސަލައެއްގައި ދަލީލެއް ވަންހަނާވެފައިވާނަމަ، ދެން އެ މައްސަލައެއްގައި އިޖުތިހާދު ކުރެވޭ ހުއްޓެވެ.“ [2]


 

[1]  الموافقا (5 / 94)

[2]  الْفَتَاوَىٰ الكُبْرَىٰ (6 / 96)

 

މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް