[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

قتل އަދި އޭގެ ވައްތަރުތައް ނަންގަނެވުނު باب – 4

القتل العمد (قصدގައި މީހަކު މެރުން)

القتل العمدއަކީ އިންސާނަކު މެރުމަށް ބޭނުންކުރެވޭފަދަ ހަތިޔާރަކުން، މެރުން حقނޫން معصوم އިންސާނަކު قصدގައި މެރުމެވެ. މި ތަޢުރީފުން އެނގެނީ القتل العمدއަކަށް ވުމަށްޓަކާއި އަންނަނިވި ތިން شرط ފުރިހަމަވާން ޖެހޭނެކަމެވެ.

 

  1. عمل ހިންގިމީހާގެ قصدއަކީ އެމީހާ މެރުންކަމުގައިވުން.
  2. އޭނަ މަރާލުމަށް قصدކުރި މީހަކީ معصومއެއް ކަމުގައިވުން.
  3. قتلކުރުމަށް ބޭނުންކުރި ހަތިޔާރަކީ މީހަކު މެރުމަށް ބޭނުންކުރެވޭ ފަދަ އެއްޗަކަށްވުން، އެއީ މީހަކު މެރުމަށް ނުވަތަ އެހެން ކަމަކަމަށް خاصةކުރެވިފައިވާ ހަތިޔާރެއްކަމުގައި ވިޔަސްމެއެވެ.

 

މީގެއިން شرطއެއް ފުރިހަމަ ނުވާ ކަމުގައި ވާނަމަ القتل العمدއެއް ކަމުގައި ނުބެލެވޭނެއެވެ. ސަބަބަކީ قصدގައި މީހަކު މަރާލުމުގެ ނިޔަތް ނުވާނަމަ قاتلގެ ކިބައިން قصاصހިފުން ހުއްދަވެގެން ނުވެއެވެ. އަދި قتلކުރުމަށް ބޭނުންކުރެވޭފަދަ ހަތިޔާރެއް ނެތް ކަމުގައިވާނަމަ، އޭނަ މަރާލެވިފައިއެވަނީ އެހެން ސަބަބަކާއި ހުރެގެންކަމުގައި علمވެރިން އެއްބަސްވެއެވެ.


މި ލިޔުމުގެ އެހެން ބައިތައް