[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި މައްސަލައިގައި ދަންނަބޭކަލުން މެދުގައި ޚިލާފު އެބައޮތެވެ! – 6

ހަމަމިގޮތަށް މުޢުތަބަރު ޚިލާފު އޮތް، އިޖުތިހާދީ މައްސަލަތައްވެސް ވަރަށް ގިނައެވެ. މީގެ ތެރޭގައި އަންނިވި މައްސަލަތައް ހިމެނެއެވެ:

  • ރުކޫޢުން ތެދުވެ ހަށަންބަނުމާއި ނުބަނދެ ދެ އަތް އެލުވައިލުން؛
  • ސަޖިދައަށް ތިރިވާއިރު ފުރަތަމަ ޖައްސާނީ އަތްތިލަ ތޯ ނުވަތަ ކަކޫތޯ، މިކަމުގައި އުފެދިފައިވާ އިޖުތިހާދީ ޚިލާފު؛
  • އައު ރަކުޢަތަކަށް ތެދުވުމުގެ ކުރިއަށް އިށީނދެ މަޑުކޮށްލާ މަޑުކޮށްލުން؛
  • ބަޚޫރަކީ ރޯދަ ގެއްލެނިވި އެއްޗެއް ކަމާމެދު އުފެދިފައިވާ )އިޖުތިހާދީ( ޚީލާފު؛
  • ހަނދު ބެލުމުގައި އިރުހަނދުގެ މަޠާލިޢުގައިވާ ފަރަޤު؛  އެއް ޤައުމަށް ހަނދު ފެނުމުން ހުރިހާ ޤައުމަކުން ރޯދަ ހިފަން ޖެހޭނޭތޯ ނުވަތަ ވަކިވަކީން ކޮންމެ ޤައުމަކުންވެސް ހަނދު ބަލާން ޖެހޭނޭކަމާމެދު އުފެދިފައިވާ އިޖުތިހާދީ ޚިލާފު؛
  • އޭގެ ބޭނުން ހިފާ ގަހަނާއިން ޒަކާތް ދެއްކުން؛ އަދިވެސް މިފަދަ ކިތަންމެ މައްސަލައެކެވެ.

ނަމަވެސް މީގައި ހިތާމަ ކުރަން ޖެހޭކަމަކީ ޒުވާނުންގެ މެދުގައި ދީނުގެ ކަންކަމަށް ފަރުވާ ބަހައްޓާކަމަށް ފެންނަ ބައެއް ކުދިންގެ މެދުގައިވެސް –ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތައް ހޯދައި، އެފަދަ މައްސަލަތަކުގައި އެންމެ ލުއި ގޮތަށް ޢަމަލު ކުރަން މަސައްކަތް ކުރާ ތަން ފެންނަކަމެވެ. އެއީ އެ މައްސަލައެއްގައި ސާބިތު ދަލީލެއް ނުވަތަ އެ ހޯދާ ލުއި ގޮތެއް އައިސްފައިވަނީ ކާކުގެ ކިބައިންކަމެއް ބެލުމެއް ނެތިއެވެ. ނަތީޖާއެއްގެ ގޮތުން އެ ޚިޔާރު ކުރި “ލުއި ގޮތް” ދިފާޢުކުރާނޭ ދަލީލެއް ނެތް ހިނދުވެސް، ދަންނަބޭކަލުން ކުރެ އެ ގޮތުގެ ބާޠިލުކަން ބަޔާން ކޮށްދެއްވާ ބޭބޭކަލުންނަށް ރައްދު ދީ ހަދައެވެ.

މިފަދަ ބައެއް “ލުއި ގޮތް”ތަކުގެ މިސާލަކީ:

ފިރިހެން ކުދީން ޖަމާޢަތުގެ ނަމާދަށް ފަރުވާ ނުބެހެއްޓުމާއި، ތުނބުޅި ކޮށިކޮށީނުންގޮސް ބޭލުމެކޭ އެއްފަދަ ކުރުމެވެ. އަދި ދެ ޖިންސުގެ ޒުވާނުންވެސް މިއުޒިކު އަޑު އެހުމާއި، ކާފިރުންނާއި ފާސީޤުންގެ ފޭރާން އެޅުމާއި ޒީނަތްތެރިވުމުގެ ނަމުގައި އެ މީހުން ކުރާ ކަންކަން ކޮޕީކުރުމެވެ. އަދި އަންހެން ކުދިން ޝަރުޢީ ޙިޖާބުން ޙިޖާބު ނުވެ ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުތުމާއި ފިރިހެނުންނާއިއެކު މައްސުނިވެ އުޅުމެވެ. އަދިވެސް ގޭތެރެ ޒީނަތްތެރި ކުރުމުގެ ނަމުގައި އިންސާނުންނާއި ޖަނަވާރުން ޞިފަވާފަދަ ކުރެހުންތަކާއި ފޮޓޯތައް ގޭގައި ހަރު ކުރުމެވެ. އަދި މި ނޫންވެސް ދަންނަބޭކަލުންގެ މެދުގައި އިތުބާރެއް ނެތް، ޞަރީޙަ ދަލީލާ ޚިލާފު ކިތައްމެ “ލުއި ގޮތް”ތަކެވެ.

 


 

މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް