القتل الخطأ (އޮޅިގެން މީހަކު މަރާލެވުން)
فقه علمވެރިންގެ އަރިހުގައި ކުށްކުރުމުގެ ނުވަތަ އަނިޔާވެރިވުމުގެ އެއްވެސް قصدއެއް ނެތި ޝިކާރަކުރުން ފަދަ ހުއްދަ ލިބިގެންވާ ކަމެއްކުރުމުގެ ތެރޭގައި مؤمنއަކު މަރުވެގެން ދިޔުމަކީ القتل الخطأ ނުވަތަ އޮޅިގެން މީހަކު ޤަތުލުވުމެވެ. مسلمއަކު ހަނގުރާމައިގެ މައިދާނުގައި ކާފިރެއްކަމަށް ހީކޮށް مسلمއަކު قتل ކުރުމަކީވެސް القتل الخطأ ގެ ވައްތަރެކެވެ.
ކުޑަ ކުއްޖަކު ނުވަތަ ބުއްދި ސަލާމަތުން ނެތް މީހަކު قصدގައި މީހަކު މަރާލުމުގެ ނިޔަތުގައި ކުރާ قتلއަކީ القتل الخطأ އެކޭ އެއްފަދަ قتلއެކެވެ. ސަބަބަކީ ބުއްދި ސަލާމަތުން ނެތުމާއި ތަސައްރަފު ފުދިފައި ނުވުމުގެ ސަބަބުން قصدގައި މަރާލުމުގެ شرطތައް ފުރިހަމަ ނުވާތީއެވެ. އެހެންކަމުން ކުޑަ ކުއްޖަކު ނުވަތަ ބުއްދި ސަލާމަތުން ނެތް މީހަކު قصدގައި މީހަކު މަރާލުމުގެ ނިޔަތުގައި ކުރާ قتلއަކީ القتل الخطأ ކަމުގައި ބެލެވޭނެއެވެ.
މިގޮތަށް ހާދިސާއެއް މެދުވެރިވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެފަދަ މަރަކީ القتل الخطأ އެކެވެ. މިސާލަކަށް، މަގުމަތީގައި ނުވަތަ ގޯޅިއެއްގައި ކޮނެފައިވާ ވަޅުގަނޑެއް ނުވަތަ ފެން ވަޅަކަށް ވެއްޓިގެން މަރުވުން ނުވަތަ މަގުމަތީގައި ނުވަތަ ގޯޅިއެއްގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުމުން އެކާރުގައި ޖެހި މަރުވުން ފަދަ ކަންކަމުގައި القتل الخطأ އެކޭ އެއްފަދަ قتلއަކަށް ވެގެންދެއެވެ.
القتل الخطأ ގެ ކަނޑައެޅިފައިވާ دية ދިނުން ވާޖިބުވަނީ، ކުށްޤަތުލެއް ކުރެވުނުމީހާގެ މުދަލުންނެވެ. އެއީ مؤمنއަޅަކު މިނިވަންކުރުމެވެ. މިނިވަންކުރާނެ مؤمنއަޅަކު ނުވާކަމުގައި ވާނަމަ (އެކަން ނުވާނަމަ) ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުމެވެ. މީގެ އިތުރުން القتل الخطأ ގެ ކަނޑައެޅިފައިވާ دية ދިނުން واجبވެގެންވަނީ އޮޅިގެން މީހަކު މަރާލެވުނު މީހާގެ ޢާއިލާގެ ޢާޤިލާއިންގެ (ވާރުތަވެރިންގެ) ތެރެއިން ފިރިހެނުންގެ މައްޗަށެވެ.