ﷲ އެ ކަމަނާއަށް ރުއްސުން ލެއްވި ޢާއިޝަތުގެފާނުގެ ކިބައިން އައިސްފައި ވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
(( هَلْ تَدْرُونَ مَنْ السَّابِقُونَ إلَى ظِلِّ اللَّهِ يَوْمَ الْقِيَامَةِ؟))
މާނައީ: “ޤިޔާމަތް ދުވަހު ﷲގެ ހިޔާވަހިކަމުގެ ދަށަށް އަވަސްވެގަންނާނޭ މީހުން ތިޔަބައިމީހުން ދަންނަމުތޯއެވެ!”
އެ ބޭކަލުން ވިދާޅުވިއެވެ. “އެ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. ދެން އެކަލާނގެ ރަސޫލާއެވެ!” ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((الَّذِينَ إذَا أُعْطُوا الْحَقَّ قَبِلُوهُ وَإِذَا سُئِلُوهُ بَذَلُوهُ وَإِذَا حَكَمُوا لِلْمُسْلِمِينَ حَكَمُوا كَحُكْمِهِمْ لِأَنْفُسِهِمْ)) [އަޙްމަދު 24379]
މާނައީ: “އެއީ އެ މީހުނަށް ޙައްޤު ދެވިއްޖެނަމަ އެ ޤަބޫލު ކުރާ މީހުންނެވެ. އަދި އެ މީހުންގެ ކިބައިން ކަމަކަށް އެދެވިއްޖެނަމަ، އެ ކަމެއް ފުރިހަމަކޮށް ދިނުމަށް ގަދައަޅައި މަސައްކަތް ކުރެއެވެ. އަދި އެ މީހުން މުސްލިމުންގެ މެދުގައި ޙުކުމް ކުރާނަމަ، އެ މީހުންގެ އަމިއްލަ ނަފުސުތަކަށް ޙުކުމުކުރާ ފަދައިން ޙުކުމު ކުރެއެވެ.”
އަދި ޞައްޙަ ޙަދީޘުގައި ﷲގެ ޢަރުޝީގެ ހިޔާ ލިބޭނޭ ހަތް ބާވަތެއްގެ މީހުން ބަޔާން ކުރައްވައިފައި ވެއެވެ. މި ހަތް ބާވަތުން ކުރެ އެންމެ ފުރަތަމަ ބަޔާން ކުރައްވަނީ ޢަދުލުވެރި އިމާމެއްގެ ވާހަކައެވެ.
އަދިވެސް ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.
((الْمُقْسِطُونَ عَلَى مَنَابِرَ مِنْ نُورٍ يَوْمَ الْقِيَامَةِ عَلَى يَمِينِ الرَّحْمَنِ وَكِلْتَا يَدَيْهِ يَمِينٌ)) (މުސްލިމު 1827)
މާނައީ: “ޢަދުލުވެރިކަމާއެކު ނިޔާ ކަނޑައަޅާ މީހުން ޤިޔާމަތް ދުވަހުވަނީ ނޫރުންވާ މިންބަރުތަކެއްގައި ރަޙްމާނުވަންތަ ރަސްކަލާނގެ ކަނާތް ފަރާތުގައެވެ. އެކަލާނގެ ދެ އަތްޕުޅީވެސް ކަނާތެވެ.”
މަޞްދަރު: تبصرة الحكام لابن فرحون