[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާގެ މާތްކަމާއި ޢަދުލުވެރިކަމާއެކު އެކަން އަދާކުރުމަށް ހިތްވަރު ދެއްވައިފައިވުން – 4

ﷲ ވަޙީކުރައްވާފައި ވެއެވެ.

﴿وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا﴾َ [سورة الجن 15]

މާނައީ “އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެން ވެއެވެ.”

އަދި ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.

((الْقُضَاةُ ثَلَاثَةٌ: وَاحِدٌ فِي الْجَنَّةِ، وَاثْنَانِ فِي النَّارِ، فَأَمَّا الَّذِي فِي الْجَنَّةِ فَرَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ، وَرَجُلٌ عَرَفَ الْحَقَّ فَجَارَ فِي الْحُكْمِ، فَهُوَ فِي النَّارِ، وَرَجُلٌ قَضَى لِلنَّاسِ عَلَى جَهْلٍ فَهُوَ فِي النَّارِ )). [އަބޫ ދާވޫދު 3573 އަދި ޞަޙީޙުލް ޖާމިޢުއް ޞަޣީރު 4446]

މާނައީ: “ޤާޟީންވަނީ ތިން ބާވަތަކަށެވެ. އޭގެ ތެރެއިން ސުވަރުގޭގައިވަނީ އެންމެ ބާވަތެކެވެ. އޭގެ ތެރެއިން ދެ ބާވަތެއްވަނީ ނަރަކައިގައެވެ. ސުވަރުގޭގައިވާ ޤާޟީއާމެދު ދަންނައެވެ. އެއީ ޙައްޤު އެނގި އެގޮތަށް ޙުކުމް ކުރާ މީހާއެވެ. އަދި ޙައްޤު އެނގި ޙުކުމްކުރުމުގައި އަނިޔާވެރިވެއްޖެމީހާ ވަނީ ފަހެ ނަރަކައިގައެވެ. އަދި ޖާހިލުކަންމަތީ މީސްތަކުންގެ މައްޗަށް ޙުކުމް ކުރާ މީހާވެސް ވަނީ ފަހެ ނަރަކައިގައެވެ.”

މި ބަސްފުޅުގައި އައިސްފައި މިވަނީ ދެނެހުރެ އަނިޔާވެރިވާ މީހާއާއި ޢިލްމެއް ލިބިފައި ނުވުމުގެ ސަބަބުން ޤަޟާއަށް ވަނުމުގެ އިޛުނަ ލިބިފައި ނުވާ މީހާގެ ވާހަކައެވެ. ދެން އައިސްފައި މިވަނީ ޢިލްމު ލިބިފައިވާ މީހާގެ ވާހަކައެވެ.

ފަހެ އޭނާއަށް ވީ ވަރަކުން ޙައްޤު ހޯދުމަށް މަސައްކަތް ކުރުމަށްފަހު ރަނގަޅަށް ޙުކުމު ނުކުރެވުނު މީހާއާމެދު އިތުރު އެކަލޭގެފާނުން ޙަދީޘް ކުރައްވައިފައިވަނީ:

((إذا حَكَمَ الحاكِمُ فاجْتَهَدَ ثُمَّ أصابَ فَلَهُ أجْرانِ، وإذا حَكَمَ فاجْتَهَدَ ثُمَّ أخْطَأَ فَلَهُ أجْرٌ )) [ބުޚާރީ 7352] މާނައީ: “ޙާކިމާ ޙުކުމްކުރުމުގައި، ޙައްޤު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ފަހު، ޙައްޤަށް ވާޞިލު ވީނަމަ އޭނާއަށް ދެ އަޖުރު ވެއެވެ. އަދި އޭނާއަށް ޙައްޤަށް ވާޞިލު ނުވެވި ކުށެއް ކުރެވުނުނަމަ އޭނާއަށްވަނީ އެއް އަޖުރެވެ.”

ޤުރުއާނުގައިވެސް އަންގަވައިފައިވަނީ މި ފަދައިންނެވެ.

﴿وَدَاوُدَ وَسُلَيْمَانَ إِذْ يَحْكُمَانِ فِي الْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ الْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ [78] فَفَهَّمْنَاهَا سُلَيْمَانَ وَكُلا آتَيْنَا حُكْمًا وَعِلْمًا﴾َ [سورة الأنبياء 78 – 79]  

މާނައީ: “އަދި ދާވޫދުގެފާނާއި، ސުލައިމާނުގެފާނު ހަނދުމަކުރާށެވެ! ޤައުމުގެ މީހުންގެ ބަކަރިތަކެއް ދަނޑަކަށް ވަދެ، ރޭގަނޑުގައި ހުއިހެއްޕި މައްސަލައެއްގައި، އެ ދެބޭކަލުން (ދެގޮތަށް) ޙުކުމު ކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި ޙުކުމުގެ މައްޗަށް ތިމަންއިލާހު ހެކިވެވޮޑިގެންވަމެވެ. ފަހެ، ތިމަންއިލާޙު ސުލައިމާނުގެފާނަށް އެ ޙިކުމަތް ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ ޙިކުމަތާއި ޢިލްމު ދެއްވީމެވެ.”

މި އާޔަތުގައި ދާވޫދުގެފާނުގެ އިޖުތިހާދަށް އެ ކަލޭގެފާނަށް ޘަނާ ވަޙީ ކުރައްވައި ސުލައިމާނުގެފާނުގެ ޙުކުމު ޙައްޤާ ދިމާވުމުން އެ ކަލޭގެފާނަށް ﷲ ޘަނާ ވަޙީ ކުރެއްވިއެވެ.

އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ﴾َ [سورة العنكبوت 69]  

މާނައީ: “ތިމަންރއިލާހުގެ މަގުގައި ޖިހާދު ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން އެއުރެންނަށް ތިމަންއިލާހުގެ މަގުތަކަށް މަގު ދައްކަވާ ހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ.”

 


މަޞްދަރު: تبصرة الحكام لابن فرحون

މި ލިޔުމުގެ އެހެންބައިތައް