ތިންވަނައީ: އަބޫ ދާވޫދު އައްސިޖިސްތާނީގެ ސުނަނު
ފޮތުގެ މުއައްލިފު:
އެކަލޭގެފާނުގެ ނަންފުޅަކީ: أبو داود سليمان بن الأشعث بن إسحاق بن بشير بن شداد الأزدي السجستاني އެވެ. ލަޤަބުފުޅުތަކަކީ: الإمام، شيخ السُّنَّة، مقدم الحفاظ، ومحدث البصرة އެވެ. އުފަންވީ ހިޖުރައިން 202 ގައެވެ. އަދި އަވަހާރަވީ ހިޖުރައިން 275 ގައެވެ. [1]
ފޮތުގެ ނަން:
ޢިލްމުވެރިންގެ އަރިހުގައި އެ ފޮތް މަޝްހޫރުވެފައިވަނީ “السنن” ގެ ނަމުންނެވެ. [2] އަދި ބުރަވެވޭ ގޮތުގައި އެފޮތުގެ މުއައްލިފުވެސް އެފޮތަށް ނަން ދެއްވާފައި އެވަނީ އެފަދައިންނެވެ. އެހެނީ މައްކާގެ އަހުލުވެރިންނަށް އެކަލޭގެފާނު ލިޔުއްވި ރިސާލާގައި ވިދާޅުވިއެވެ.
“ފަހެ ހަމަކަށަވަރުން “السنن” ގައި ތިމަން ކަލޭގެފާނު ރިވާކުރެއްވީ ކޮންމެ ބާބެއްގައިވެސް ތިމަންކަލޭގެފާނަށް އެނގިވަޑައިގެން އެންމެ ޞައްޙަ ޙަދީޘް ތޯ، ތިޔަ ބޭކަލުން ތިމަންކަލޭގެފާނު ގާތު ވަނީ އައްސަވާފައެވެ.”
އަދިވެސް ހަމަ އެ ރިސާލާގެ އެހެން ތަނެއްގައި އެކަލޭގެފާނު ވިދާޅުވިއެވެ.
“އަދި ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ “السنن” ގައި ސަނަދު ގުޅިފައި ނުވާ މުރުސަލު ޙަދީޘްތަކެއް ވެއެވެ.”
= ނުނިމޭ =
[1] އެކަލޭގެފާނުގެ ވަނަވަރުގެ ތަފްޞީލު ބެއްލެވުމަށް: سير أعلام النبلاء 13 / 203.
[2] الرسالة المستطرفة ގައި ވެއެވެ. “އެބޭކަލުންގެ އިޞްތިލާޙުގައި ސުނަންގެ ފޮތްތަކަކީ ޢާންމުގޮތެއްގައި ފިޤުހުގެ ބާބުތަކަށް ތަރުތީބުކޮށްފައި ހުންނަ ފޮތްތަކެވެ. އެގޮތުން އީމާނުގެ ބާބާއި ޠަޙާރަތާއި ނަމާދާ އަދި އެފަދަ އެހެން ބާބުތައް އެފޮތްތަކުގައި ވެއެވެ. އެފޮތްތަކުގައި މައުޤޫފު ރިވާޔާތްތައް (ބަސްފުޅުތައް) ނުހުންނާނެއެވެ. އެހެނީ އެއީ އެބޭކަލުންގެ އިޞްތިލާޙުގައި ސުންނާ ގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އެހެނަސް ޙަދީޘްގެ ތެރޭގައި އެފަދަ ރިވާޔަތްތައް ގެންނަވައެވެ.” (ص: 32) .