عَنْ أَبِيْ ثَعْلَبَةَ الْخُشَنِيِّ رَضِيَ اللَّهُ عَنْهُ قَالَ: قُلْتُ يَارَسُوْلَ اللَّهِ، إِنَّا بِأَرْضِ قَوْمٍ أَهْلِ كِتَابٍ ، أَفَنَأْكُلُ فِيْ آنِيَتِهِمْ ؟ قَالَ : ((لَا تَأْكُلُوْا فِيْهَا إِلاَّ أَنْ لَا تَجِدُوْا غَيْرَهَا فَاغْسِلُوْهَا وَكُلُوْا فِيْهَا)). (متفق عليه)
ޙަދީޘްގެ މާނަ
الله ރުއްސުންލެއްވި އަބީޘައްލަބަތިލް ޚުޝަނީ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ الله ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނަކީ އަހުލު ކިތާބީން (ޔަހޫދީންނާއި ނަޞާރާއިން) ދިރިއުޅޭ ބިމެއްގައި އުޅޭމީހަކީމެވެ. ތިމަންކަލޭގެފާނު އެބައިމީހުންގެ ކަންވާރުތަކުގައި ފަރިއްކުޅުއްވިޔަސް އެންމެރަނގަޅުތޯއެވެ? އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. އެކަންވާރުތަކުގައި ފަރިއްނުކުޅުވާށެވެ. އަދި އެނޫންކަންވާރެއް ނުލިބިއްޖެހިދެއްގައި އެކަންވާރު ދޮވެސާފުކުރުމަށްފަހު އޭގައި ފަރިއްކުޅުވާށެވެ. މިޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީ އާއި މުސްލިމްއެވެ.
ޙަދީޘުންލިބޭ ބައެއްފައިދާ:
-ޔަހޫދީންނާއި ނަޞާރާއިން ގެނގުޅޭ ކަންވާރުތަކުގައި ކެއުމަކީ ނަހީކުރައްވާފައިވާ ކަމެއްކަން، ސަބަބަކީ އެކަންވާރަކީ އެބައިމީހުން ރާބުއިމަށާއި އޫރުމަސްކެއުމަށް ބޭނުންކޮށްފައި ހުރި އެއްޗަކަށްވެދާނެތީއެވެ.
-އަދި ހަމައެހެންމެ ޟަރޫރަތަކަށް އެފަދަ ކަންވާރެއް ދޮވުމަށްފަހު އޭގައި ކެއުން ހުއްދަކުރަށްވާފައިވާކަން.