[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 3

عَنْ عَائِشَةَ رَضِيَ الله عَنْهَا قَالَتْ : ((كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُعْجِبُهُ التَّيَمُّنَ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُوْرِهِ وَفِي شَأْنِهِ كُلِّهِ)) (متفق عليه)

މިޙަދީޘްގެ މާނަޔަކީ:

ޢާއިޝަތުގެފާނު رَضِيَ الله عَنْهَا ވިދާޅުވިއެވެ. “މާތް ނަބިއްޔާ  صلّى الله عليه وسلّم ޠަހާރަތުގެ ކަންކަމުގަޔާއި، ފުނާއެޅުއްވުމުގަޔާއި، ފައިވާންޖޯޑުކޮޅައް އަރައިވަޑައިގަތުމުގަޔާއި، އަދިވެސް އެހެނިހެން ހުރިހާކަމެއްގައި ކަނާއަތް އިސްކުރެއްވުމަށް ލޯބިކުރެއްވިއެވެ.”

މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީއާއި އިމާމް މުސްލިމެވެ.

ނޯޓް: މިގޮތަށް ކަނާއަތް އިސްކުރެއްވީ ރިވެތި ކަންކަމުގައެވެ. އެހެނިހެން ކަންކަމުގައި ވާއަތް އިސްކުރުމަކީ މުސްތަޙައްބު ކަމެކެވެ. މިސާލަކަށް ފާޚާނާއަށް ވަނުމުގައި ވާއަތް އިސްކުރުމެވެ.

މިޙަދީޘުންލިބޭ ބައެއްފައިދާ:

 – ރިވެތިކަންކަން ކުރުމަށް ކަނާއަތް އިސްކުރުމަކީ މުސްތަޙައްބު ކަމެއްކަން.

 – ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިވެރި ކަންކަމަށް ލޯބިކުރައްވާކަން.