[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 3

ރ. ރަސޫލުﷲ صلى الله عليه وسلم ގެ ދެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެންނެވުމުގެ ޝަރަފު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ރުޤައްޔާ رضي الله عنها އާ ކައިވެނި ބައްލަވައިގެންނެވުމަށް ފަހު، އެކަމަނާ އަވަހާރަވުމުން، އެކަމަނާގެ އުޚްތު، އުންމު ކުލްޘޫމު رضي الله عنها އާ ކައިވެނި ބައްލަވައިގެންނެވިއެވެ. މިއީ އެކަލޭގެފާނު ފިޔަވާ އެހެން އެއްވެސް ޞަޙާބީބޭކަލަކަށް ލިބިވަޑައި ނުގަންނަވާ ޝަރަފެކެވެ.

 

ބ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި، ބަދުރު ހަނގުރާމަ ފިޔަވާ، ހުރިހާ ހަނގުރާމައެއްގައި އެކަލޭގެފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. ބަދުރު ހަނގުރާމައިގައި އެކަލޭގެފާނަށް ބައިވެރިވެވަޑައި ނުގެންނެވުނީ އެކަލޭގެފާނުގެ އަނބިކަނބަލުން ރުޤައްޔާ رضي الله عنها އާލާސްކަންފުޅާ އުޅުއްވުމުން، އެކަމަނާގެ އަރިހުގައި މަޑުކުރެއްވުމަށް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނަށް އިޛުނަ ދެއްވުމުންނެވެ. އަދި އެކަލޭގެފާނަށް އެ ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގެންނެވުނަސް، ހަނގުރާމައިގައި ބައިވެރިވި ބޭކަލަކަށް ލިބިވަޑައިގަންނަވާ އަޖުރު އެކަލޭގެފާނަށްވެސް ލިބިވަޑައިގަންނަވާނެކަމުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ لَكَ أَجْرَ رَجُلٍ مِمَّنْ شَهِدَ بَدْرًا وَسَهْمَهُ» [1].

މާނައީ: “ހަމަކަށަވަރުން ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ބޭކަލެއްގެ އަޖުރާއި ޣަނީމާއިން ބައެއްވެސް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެއެވެ.”

އަދި ބައިޢަތުއްރިޟްވާނަކީ ޢުޘްމާނުގެފާނު ޤުރައިޝުންގެ ގާތަށް ސަފީރެއްގެ ގޮތުގައި ފޮނުއްވުމުން ޤުރައިޝުން އެކަލޭގެފާނު ޤަތުލުކޮށްލިކަމުގެ ނުވަތަ ހައްޔަރުކުރިކަމުގެ ޚަބަރު މުސްލިމުންނާ ހަމައަށް ފޯރުމުން އެބައިމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ނަބިއްޔާ صلى الله عليه وسلم މުސްލިމުންނާއެކު ހިއްޕެވި ބައިޢަތެކެވެ. އެ ބައިޢަތުގައި ޢުޘްމާނުގެފާނުގެ ފަރާތްޕުޅުން ނަބިއްޔާ صلى الله عليه وسلم ބައިޢަތު ހިއްޕެވިއެވެ.

فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِيَدِهِ اليُمْنَى: «هَذِهِ يَدُ عُثْمَانَ». فَضَرَبَ بِهَا عَلَى يَدِهِ، فَقَالَ: «هَذِهِ لِعُثْمَانَ» [2].

މާނައީ: ފަހެ، ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ކަނާއަތްޕުޅަށް ވިދާޅުވިއެވެ. “މިއީ ޢުޘްމާނުގެފާނުގެ އަތްޕުޅެވެ.” ފަހެ، އެ އަތްޕުޅުން އަނެއް އަތްޕުޅުގައި ޖައްސަވާ ޙަދީޘްކުރެއްވިއެވެ. “މިއީ ޢުޘްމާނުގެފާނަށެވެ.”

 

_______________________________________________

 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1]  رواه البخاري (3130).

[2]  رواه البخاري (3698).

[3]  رواه البخاري (2778).