[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 111

ހަތަރުވަނައީ: އަބޫ ޢީސާ އައްތިރުމިޛީގެ ޖާމިޢު

 

 

ފޮތުގެ މުއައްލިފު:

 

އެކަލޭގެފާނަކީ أبو عيسى محمد بن عيسى بن سورة بن موسى بن الضحاك السلمي، الترمذي، އަލްޙާފިޡެވެ. މަޝްހޫރު އަދި ކުޅަދާނަ ޢިލްމުވެރިއެކެވެ. އަދި ގިނަ ފޮތްތައް ލިޔުއްވާފައިވާ ބޭކަލެކެވެ.

އެކަލޭގެފާނާ ބެހޭގޮތުން أبو عبد الله الذهبي ވިދާޅުވިއެވެ.

“އެކަލޭގެފާނު ލޯފަންވީ ޢުމުރުން ދުވަސްވުމަށް ފަހުގައެވެ. އެއީ އެކަލޭގެފާނު ކުރެއްވި ދަތުރުފުޅުތަކާއި ޢިލްމު ލިޔުއްވުމާ މިކަންކަމަށް ފަހުގައެވެ.” [1]

އެކަލޭގެފާނު އުފަންވީ ހިޖުރައިން 209 ވަނަ އަހަރުގައެވެ. އަދި އަވަހާރަވީ 279 ވަނަ އަހަރުގައެވެ.

 

ފޮތުގެ ނަން:

 

(ޖާމިޢު ތިރްމިޛީގެ ފަހުގެ ޝަރަޙައެއްކަމުގައިވާ) تحفة الأحوذيގެ މުޤައްދިމާގައި ވެއެވެ.

“كشف الظنون ލިޔުއްވި ބޭފުޅާ ވިދާޅުވިއެވެ. جامع الترمذي މަޝްހޫރުވެފައިވަނީ އެފޮތް ލިޔުއްވި ބޭކަލަށް ނިސްބަތްކޮށެވެ. އެހެންކަމުން އެފޮތަށް جامع الترمذي ކިޔާ އުޅެއެވެ.”

އަދިވެސް ވިދާޅުވިއެވެ.

“الحاكم އަދި الخطيب އެފޮތަށް الجامع الصحيح ގެ ނަން ދެއްވާފައި ވެއެވެ. އަދި އެފޮތަށް سنن الترمذي ވެސް ކިޔައެވެ.” [2]

 

__________________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] أبو عبد الله الذهبي: سير أعلام النبلاء 13 / 270.

[2] عبد الرحمن المباركفوري: تحفة الأحوذي، الباب الثاني، الفصل الخامس والثامن من المقدمة 1 / 179 – 181.