[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 112

މި ފޮތުގެ މަޤާމު:

 

أبو عيسى (އެބަހީ: އައްތިރްމިޛީ) ވިދާޅުވިއެވެ.

“މި ފޮތް ލިޔެފައި ޙިޖާޒާއި ޢިރާޤުގެ ޢިލްމުވެރިންނަށް ހުށަހެޅުމުން އެބޭކަލުން މިފޮތާ މެދުގައި ރުހުނެވެ. އަދި ޚުރާސާނުގެ ޢިލްމުވެރިންނަށް ހުށަހެޅުމުން އެބޭކަލުންވެސް ރުހުނެވެ. ފަހެ އެމީހެއްގެ ގޭގައި މިފޮތް އޮތިއްޔާ އެގޭގައި ނަބީބޭކަލަކު ހުރެގެން ވާހަކަދައްކާ ފަދައެވެ.” [1]

 

އަދި كشف الظنون ގެ މުއައްލިފު ވިދާޅުވިއެވެ.

“އަބޫ ޢީސާ އައްތިރްމިޛީގެ الجامع الصحيح އަކީ ކުތުބުއްސިއްތާގެ ފޮތްތަކުގެ ތެރެއިން ތިން ވަނަ ދަރަޖައިގައިވާ ފޮތެވެ.” [2]

 

އަދި الذهبي ވިދާޅުވިއެވެ.

“އަބޫ ދާވޫދުގެ ސުނަނާ އަދި ނަސާއީގެ ފޮތަށް ވުރެ އައްތިރްމިޛީގެ ފޮތުގެ ދަރަޖަ ދަށްވެފައިވަނީ المصلوب [3] އަދި الكلبي [4] ފަދަ މީސްތަކުންގެ އަރިހުން އައްތިރްމިޛީ ބައެއް ޙަދީޘްތައް ރިވާކުރައްވާފައިވާތީއެވެ.” [5]

 

އަދި التحفة ގެ މުއައްލިފު ވިދާޅުވިއެވެ.

” تهذيب الكمال އާއި تهذيب التهذيب އާއި التقريب އަދި تذكرة الحفاظ ގައި ދެއްވާފައިވާ ރަމްޒުތަކަށް ބަލާއިރުގައި ދޭހަވަނީ ޖާމިޢުއް ތިރްމިޛީވަނީ ދަރަޖައިގެ ގޮތުން ސުނަނު އަބީ ދާވޫދަށް ފަހުގައެވެ. އަދި (ސުނަނުއް) ނަސާއީއަށް ވުރެ ކުރީގައެވެ.”

އަދި التحفة ގެ މުއައްލިފު ބުރަވެވަޑައިގަންނަވަނީ كشف الظنون ގެ މުއައްލިފު ބުރަވެވަޑައިގަންނަވާފައިވާ ގޮތަށް އެ ފޮތް ވަނީ ތިންވަނަ ދަރަޖައިގައި ކަމެވެ. [6]

__________________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] انظر: تذكرة الحافظ 2 / 634، وتهذيب التهذيب 9 / 389.

[2] حاجي خليفة: كشف الظنون 1 / 559.

[3]المصلوب: އަކީ محمد بن سعيد بن قيس އެވެ. އޭނާއަށް އެ ނަމުން ނަން ދެވުނީ ނިފާޤުކަން ފާޅުކުރުމުން އޭނާ ޞަލީބަށް އަރުވާފައިވާތީއެވެ. އޭނާއަކީ އެއީ ދޮގުވެރިއެއްކަމަށާ އަދި ހަދަހަދައިގެން ޙަދީޘް ކިޔާ މީހެއްކަމަށް ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގަންނަވާފައެވެ.

[4] الكلبي: އަކީ محمد بن السائب އެވެ. އޭނާއަކީވެސް ދޮގުވެރިއެކެވެ. އަދި ޙަދީޘް ހަދާ މީހެކެވެ.

[5] السيوطي: تدريب الراوي 1 / 171.

[6] انظر: التحفة 1 / 179 الفصل الخامس من الباب الثاني من المقدمة.