[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 114

أبو عيسىއެކަލޭގެފާނު ފޮތުގައި ކުރައްވާފައިވާ ޝަރުޠު:

 

އިމާމުލް ބުޚާރީގެ ޝަރުޠާއި އަބޫދާވޫދުގެ ޝަރުޠު ބަޔާންވެގެން ދިޔަ އިރުގައި މިފޮތުގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ބަޔާންވެގެން ހިނގައްޖެއެވެ. މިތަނުގައި އިތުރަށް ގެނެސްދޭނީ أبو الفضل ابن طاهر ވިދާޅުވެފައިވާ ބަސްފުޅެކެވެ.

“أبو عيسى الترمذي – رحمه الله تعالى – ގެ ފޮތާ މެދު ދަންނައެވެ. އެ ފޮތްވަނީ ހަތަރު ބަޔަކަށެވެ.

  1. އެ ޙަދީޘްތަކުގެ ޞައްޙަކަމާ މެދުގައި ކަށަވަރު ޙަދީޘްތައް. އެއީ ބުޚާރީއާއި މުސްލިމުގެ އިއްތިފާޤުން ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ.
  2. ކުރިން ބަޔާންކޮށްފައިވާނޭ ފަދައިން ތިން ބޭކަލުންގެ ޝަރުޠަށް ހުރި ޙަދީޘްތައް. އެއީ އަބޫދާވޫދާއި ތިރްމިޛީއާއި ނަސާއީއެވެ.
  3. ޙަދީޘްގައިވާ ޢިއްލަތެއް (ފޮރުވިފައިވާ މައްސަލައެއް) ބަޔާންކޮށްދެއްވުމަށް ގެންނަވާފައިވާ ޙަދީޘްތައް. އެކަލޭގެފާނު އެކަން އިހުމާލުކުރައްވާފައި ނުވެއެވެ.
  4. ހަތަރުވަނަ ބައިގައި ގެންނަވާ ޙަދީޘްތައް އެކަލޭގެފާނު އަމިއްލަފުޅަށް ބަޔާންކުރެއްވި. އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނުގެ މި ފޮތުގައި ފިޤުހުވެރިންގެ ތެރެއިން ބައެއް ބޭކަލުން ޢަމަލުކުރައްވާފައިވާ ޙަދީޘެއް މެނުވީ ގެނެސްފައި ނުވާނެއެވެ. މިއީ ވަރަށް ތަނަވަސް ޝަރުޠެކެވެ.” [1]

__________________________

= ނުނިމޭ =

އެހެނިހެން ބައިތައް

[1] شروط الأئمة الستة لابن طاهر (ص: 15).